ވޭތުވެދިޔަ އަހަރެކޭ އެއްފަދައިން، ގޭގައި ތިއްބަވައިގެން ފަސޭހަކަމާއިއެކު އެމް-ފައިސާ މެދުވެރިކޮށް ޒަކާތް ދެއްކުމުގެ އިންތިޒާމް އުރީދޫ މޯލްޑިވްސްއިން ވަނީ ފަހިކޮށްދީފައެވެ.
އެމް-ފައިސާ މެދުވެރިކޮށް ޒަކާތް ދެއްކެވުމަށް:
1. އެމް-ފައިސާ އަށް ލޮގިން ކުރައްވާ http://ore.do/zakat
2. ޒަކާތް ދެއްކެވުމަށް ބޭނުންވާ ބާވަތް އިޚްތިޔާރުކުރައްވާ
3. ފައިސާ ދައްކާ ފަރާތުގެ މަޢުލޫމާތު ފުރިހަމަ ކުރައްވާ
4. އެމް-ފައިސާ ޙިޔާރު ކުރެއްވުމަށްފަހު، ވޮލެޓް ނަންބަރު ޖައްސަވާ
5. ޕޭމަންޓް ކަށަވަރު ކުރުމަށް ފޯނަށް ލިބިވަޑައިގަންނަވާ އޯޓީޕީ ނަންބަރު ޖައްސަވާ
އެމް.ފައިސާ މެދުވެރިކޮށް 18 އޭޕްރިލް 2023 ވަނަ ދުވަހުގެ ރޭ 11:59 އާއި ހަމައަށް ޒަކާތް ދެއްކޭނެއެވެ.
ޒަކާތުގެ އިތުރުން، މި ރަމަޟާންމަހު އުރީދޫ އިން މިޝަން ފޮ މައިގްރަންޓް ވޯކާރސް އާއި ގުޅިގެން ބިދޭސީ މަސައްކަތްތެރިންނަށް އެމް-ފައިސާ މެދިވެރިކޮށް ރޯދަ ވިއްލުމެއް ހަދިޔާ ކުރެވޭނެ ގޮތްވެސް ފަހި ކޮށްދީފައެވެ. ރޯދަވިއްލުން ސަދަގާތް ކުރައްވަން ބޭނުންފުޅުވާ ފަރާތްތަކަށް 19 އޭޕްރިލް 2023 ވަނަ ދުވަހުގެ 11:59 އާއި ހަމައަށް އިފްތާރު ހަދިޔާ ކުރުމަށް ފައިސާ ދައްކާލެވޭނެއެވެ. ހަދިޔާ ކުރާ އިފްތާރް ޕެކްގެ އަގަކީ 50ރ އެވެ.
މީގެ އިތުރުން އެމ-ފައިސާ މެދުވެރިކޮށް ކެންސަރ ސޮސައިޓީ، މޯލްޑިވްސް ޑެފް އެސޯސިއޭޝަން، ކުޑަކުދިންގެ ހިޔާ އަދި ފިޔަވަތި އަށް އެމް-ފައިސާ މެދުވެރިކޮށް ފައިސާގެ އެހީތެރިކަންވެސް ފޯރުކޮށްދެވޭނެއެވެ. އެމް-ފައިސާގެ އެހެނިހެން ޚިދުމަތްތަކުގެ ތެރޭގައި ކައްކާ ގޭހަށް އޯޑަރުކޮށް ފައިސާދެއްކުން، އުރީދޫ ބިލްތަކުގެ އިތުރުން ކަރަންޓު އަދި ފެން ބިލަށް ފައިސާ ދެއްކުން، ރެސްޓޯރަންޓްތަކާއި ފިހާރަތަކަށް ފައިސާ ދެއްކުމުގެ އިތުރުން އާއިލާ އާއި ރައްޓެހިންނަށް ފައިސާ ފޮނުވޭނެއެވެ. އެމް-ފައިސާގެ މި ޚިދުމަތްތަކާއި އޮފަރތައް ބޭނުންކުރުމަށް ހުރިހާ ނެޓްވޯރކެއްގެ ކަސްޓަމަރުންނަށްވެސް އުރީދޫއިން މަރުހަބާކިޔައެވެ.
އެމް-ފައިސާ އަށް ރެޖިސްޓަރކުރުމަށް:
1. އުރީދޫ އެޕް ޑައުންލޯޑްކުރައްވާ http://ore.do/app
2. އެމް-ފައިސާ ޚިޔާރުކުރެއްވުމަށްފަހު ރެޖިސްޓްރޭޝަންއަށް ފިތާލައްވާ
3. މައުލޫމާތު ފުރިހަމަކުރެއްވުމަށްފަހު، އެކައުންޓް އެކްޓިވޭޓް ކުރެއްވުމަށް ލިބިވަޑައިގަންނަވާ އޯޓީޕީ ނަންބަރު ޖައްސަވާ
4. މޮބައިލް ނަންބަރު ޖެއްސެވުމަށްފަހު ހަތަރު އަކުރުގެ ޕިން ނަންބަރެއް ޖައްސަވާ
5. ދެވަނަ ފަހަރަށް މޯބައިލް ނަންބަރު ޖެއްސެވުމަށްފަހު ކުރިން ޖެއްސެވި ޕިން ނަންބަރު ޖައްސަވާ
6. ފޯނަށް ލިބިވަޑައިގަންނަވާ އޯޓީޕީ ނަންބަރު ޖެއްސެވުމަށްފަހު ރެޖިސްޓްރޭޝަން ފުރިހަމަ ކުރައްވާ.
ބީ.އެމް.އެލް، އެސް.ބީ.އައި އަދި އެމް.އައި.ބީ އިންޓަރނެޓް ބޭންކިންގ މެދުވެރިކޮށް އެމް ފައިސާ ޑިޖިޓަލް ވޮލެޓްއަށް ފައިސާ ޖަމާކުރެއްވޭނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް