ހަސަން ކުރުސީގެ އަސްލު ހޯއްދަވައިދެއްވުމަށްއެދި ރައީސް ނަޝީދުގެ ޕޮލިހަށް މައްސަލައެއް ހުށަހަޅުއްވައިފި

ޓްވިޓާގައި ހަސަން ކުރުސީގެ ނަމުގައި ހިންގަމުން އަންނަ އެކައުންޓްގެ ހަގީގަތް ހޯދައިދިނުމަށްއެދި ރައީސް މުހައްމަދު ނަޝީދުގެ ފަރާތްޕުޅުން ފުލުހުންނަށް މައްސަލަ ހުށަހަޅައިފިއެވެ. ރައީސް ނަޝީދުގެ އޮފީހުން ...

18 Apr 2023 | 06:50

ޓްވިޓާގައި ހަސަން ކުރުސީގެ ނަމުގައި ހިންގަމުން އަންނަ އެކައުންޓްގެ ހަގީގަތް ހޯދައިދިނުމަށްއެދި ރައީސް މުހައްމަދު ނަޝީދުގެ ފަރާތްޕުޅުން ފުލުހުންނަށް މައްސަލަ ހުށަހަޅައިފިއެވެ.

ރައީސް ނަޝީދުގެ އޮފީހުން ކަމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދަށް އެޑްރެސްކޮށް ފޮނުވާފައިވާ ސިޓީގައި ވިދާޅުވެފައިވަނީ ހަސަން ކުރުސީގެ ނަމުގައި ހިންގާ ޓްވިޓާ އެކައުންޓަކީ އެމަނިކުފާނުގެ އެކައުންޓެއް ކަމަށް ބައެއް ފަރާތްތަކަށް ހީކުރެވި އެތަކެއް އޮޅުން އަރާ އެކަމުގެ ސަބަބުން އެމަނިކުފާނަށް އިންތިހާއަށް ގެއްލުންވަމުން އަންނަ ކަމަށެވެ.

އެހެންކަމުން މޯލްޑިވްސް ޕޮލިސް ސާވިސް އިން އެ ޓްވިޓާ އެކައުންޓްގެ އަސްލު ހޯއްދަވައިދެއްވުމަށް ރައީސް ނަޝީދު އެދިލައްވާފައިވެއެވެ.

https://twitter.com/MohamedNasheed/status/1648215991934124033

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް