ހދ. ކުމުންދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ ޕަބްލިކް ލިމިޓެޑް (އެމްޓީސީސީ) އާއި ހަވާލުކޮށްފިއެވެ.
މި މަޝްރޫއަކީ 71،371،757.31 (71 މިލިޔަން) ރުފިޔާގެ މަޝްރޫއެކެވެ.
މި މަޝްރޫއުގެ ދަށުން އެ ރަށުގެ އިރުމަތީ ފަރާތުގައި މިހާރު ހުރި 154 މީޓަރު ވާޓަރު މަރާމާތުކުރުމާއި 154 މީޓަރު ޕޭވްމަންޓް މަރާމާތު ކުރުމާއި ކޮޅުވެއްޓި ބޭނުން ކުރުމަށް ރޭމްޕެއް ގާއިމުކުރުމާއި 100 ފޫޓު ޓީޖެޓީއެއް ގާއިމު ކުރުމާއި އުތުރު ފަރާތައް 700 ފޫޓަށް ވާޓަރު އިތުރުކޮށް ބަނދަރު ބޮޑުކުރުމާއި 290 މީޓަރު ބޮޑުހިލަ ބޭރުތޮށިލުމާއި 40 މީޓަރުގެ ބޮޑު ހިލައިގެ ރިވެޓްމަންޓް، 60 މީޓަރުގެ ބޮޑުހިލައިގެ ގްރޮއިން، ބަނދަރު މަގު ބައްތި ހަރުކުރުމާއި 120 މީޓަރު ކޮންކްރީޓް ޖެޓީ ގާއިމްކުރުން ހިމެނޭކަމުގައި ހައުސިން މިނިސްޓްރީން ބުނެއެވެ.
މި މަޝްރޫއު އެމްޓީސީސީ އާއި ހަވާލުކޮށްފައިވަނީ 570 ދުވަސް (ދޮޅު އަހަރު) ދުވަހުގެ މުއްދަތުގައި ނިންމުމަށެވެ.
މި މަޝްރޫއުތަކުގެ ދަށުން މިރަށުގައި ފާހަގަކުރެވިފައިވާ ރަށްގިރުމުގެ މައްސަލަ ހައްލުކުރުމަށްޓަކައި ރަށުގެ ގޮނޑުދޮށް ހިމާޔަތްކުރެވިގެންދާނެކަމުގައިވެސް ހައުސިން މިނިސްޓްރީން ބުނެއެވެ.
މި ކޮންޓްރެކްޓްގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއި ކުރެއްވީ ޑިރެކްޓަރ ޖެނެރަލް އަލްފާޞިލާ ފާތިމަތު ޝާނާ ފާރޫޤް އެވެ. އަދި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕަބްލިކް ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަރ އާދަމް އާޒިމް އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް