ރެސިޕީ: ސްކިލެޓް ސިސިލިއަން ޗިކަން

ބޭނުންވާނެ ތަކެތި 1 މޭޒުމަތީ ސަމުސާ އޮލިވް އޮއިލް 5 ކުކުޅު ފައި 2 ފިއް ލޮނުމެދު 1 މޭޒުމަތީ ސަމުސާ ތައިމް 1 މޭޒުމަތީ ސަމުސާ ބޯކޮށް މުގުރާފަ ހުރި ހިކިމިރުސް 3/4 ޖޯޑު ކުކުޅު ސުޓޮކް 1/2 ޖޯޑު ކުކިން ކުރީމް...

18 Apr 2023 | 05:47

ބޭނުންވާނެ ތަކެތި

  • 1 މޭޒުމަތީ ސަމުސާ އޮލިވް އޮއިލް
  • 5 ކުކުޅު ފައި
  • 2 ފިއް ލޮނުމެދު
  • 1 މޭޒުމަތީ ސަމުސާ ތައިމް
  • 1 މޭޒުމަތީ ސަމުސާ ބޯކޮށް މުގުރާފަ ހުރި ހިކިމިރުސް
  • 3/4 ޖޯޑު ކުކުޅު ސުޓޮކް
  • 1/2 ޖޯޑު ކުކިން ކުރީމް
  • 1/4 ޖޯޑު ޕާމެޒަން ޗީޒް
  • 1/2 ޖޯޑު ޓޮމާޓޯ ބޮޑުކޮށް ކޮށާލާފަ
  • ރަހަލާވަރަށް ލޮނު އަދި އަސޭމިރުސް

ހައްދަވާނެ ގޮތް

ތަވައެއްގައި ތެޔޮފޮދު ހޫނުކޮށްލުމަށްފަހު ކުކުޅުކޮޅު އަޅުއްވާ.ލޮނު އަދި އަސޭމިރުސް ކޮޅެއްއަޅުއްވައިގެން ކުކުޅުގެ ރަހަ ހެޔޮވަރު ކޮށްލައްވާ. ކުކުޅުކޮޅު ފަރާތެށް ތިން މިނެޓް އަށް ކެކުނީމައި ތަވައިން ނަގާ ތައްޓަކަށް އަޅުއްވާ. ތަވާގަ ހުރި ތެޔޮފޮދުގެ ތެރޭގައި ލޮނުމެދު، ތައިމް އަދި މިރުސްކޮޅު އެޅުއްވުމަށްފަހު މިނެޓެއްވަރު ވަންދެން މީރުކޮށްލައްވާ.ކުކުޅު ސުޓޮކް އެޅުއްވުމަށްފަހު ކުރީމް އަޅުއްވާ. ޓޮމާޓޯ އަދި ޕާމެޒަން ޗީޒް އަޅުއްވާ. ލޮނު އަދި އަސޭމިރުސް އަޅުއްވާ ރަހަހެޔޮވަރުކޮށްލައްވާ. ކުޑަކޮށް ކެކެން ފެށުމުން ކުކުޅުކޮޅު އަޅުއްވާ. ކުކުޅުކޮޅާ އެކު ސޯސް ރަނގަޅަށް އެއްކޮށްލެވުނީމައި އަވަނުގައި 250 ޑިގްރީސެލްސިއަސްގައި 15 މިނެޓް ވަންދެން ބޭކް ކުރައްވާ.

ނޯޓް

ފުރެސް ތައިމް ނުލިބޭކަމުގައި ވާނަމަ ފުޅީގައި ބަންދުކުރި ހިއްކާފަހުރި ތައިމްވެސް ބޭނުންކުރެވިދާނެ. އަދި ކުކުޅު ސުޓޮކް ނުލިބޭނަމަ ފެންވެސް ބޭނުންކުރެވިދާނެ. ޕާމެޒަން ޗީޒް އަކީ ލޮނު ރަހަ ގަދަ އެއްޗެއްކަމުން ލޮނު ހެޔޮވަރު ކުރާއިރު ރަހަބައްލަވާފަ ލޮނު ހެޔޮވަރުކުރައްވާ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް