އިންޑިއާ ޖަލެއްގައި ހުރި ދިވެހި އަންހެނަކު ޖަލު އޮފިސަރަކަށް ހަމަލާދީގެން އިތުރު ދައުވާއެއް !

އިންޑިއާގެ ޖަލެއްގައި ހުރި ދިވެހި އަންހެނަކާއި އިތުރު އަންހެނަކު ޖަލު އޮފިސަރަކަށް ހަމަލާދިންކަމުގެ ތުހުމަތުގައި އިތުރު ދައުވާއެއް އުފުލައިފިއެވެ. އިންޑިއާގެ މީޑިއާގައި ރިޕޯޓްކޮށްފައިވާގޮތުގައި މި ދައ...

17 Apr 2023 | 20:49

އިންޑިއާގެ ޖަލެއްގައި ހުރި ދިވެހި އަންހެނަކާއި އިތުރު އަންހެނަކު ޖަލު އޮފިސަރަކަށް ހަމަލާދިންކަމުގެ ތުހުމަތުގައި އިތުރު ދައުވާއެއް އުފުލައިފިއެވެ.

އިންޑިއާގެ މީޑިއާގައި ރިޕޯޓްކޮށްފައިވާގޮތުގައި މި ދައުވާ އުފުލާފައިވަނީ ސަމްސިއްޔާ ކިޔާ ދިވެއްސަކާއި ސަންޑްރާ ނަންޓޭޒާ ނަމަކަށްކިޔާ ޔުގާންޑާ އަންހެނެއްގެ މައްޗަށެވެ.

މި ދެ އަންހެނުން ޖަލު އޮފިސަރަށް ހަމަލާދިނީ އެ ދެމީހުން ޖަލު ގޮޅީގައި އެންޑްރޮއިޑް ފޯނެއް ގެންގުޅޭ ކަމަށް މައުލޫމާތު ލިބިގެން އެ ދެމީހުން ތިބި ގޮޅި ފާސްކުރަން އުޅުމުން ކަމަށް ރިޕޯޓްކޮށްފައިވެއެވެ.

އެ ގޮޅި ބަލައި ފާސްކޮށް ފޯނާއި ބެޓެރީއާއި ޗާޖަރާއި ހެޑްފޯނު ފެނުނު ކަމަށްވެސް ރިޕޯޓްކޮށްފައިވެއެވެ.

ޗެންނާއިގައި ހުންނަ ޕުޅާލް ސެންޓްރަލް ޖަލުގައި ސަމްސިއްޔާ ބަންދުކޮށްފައިހުރީ މަސްތުވާތަކެތީގެ މައްސަލައެއްގައި ކަމަށް އިންޑިއާ މީޑިއާއިން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް