ފިތުރު ޒަކާތުގެ ގޮތުގައި ބަލައިގެންފައިވާ ގޮވާމުގެ ބާވަތްތައް މި ހަފްތާގެ ބުދަ އަދި ބުރާސްފަތީގައި ކުރިއަށްގެންދާނެ ކަމުގައި އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.
އެގޮތުން އެ މިނިސްޓްރީން ބުނެފައިވާގޮތުގައި ގޮވާމު ޒަކާތް ބެހުން ކުރިއަށްދާނީ މަޖީދިއްޔާ ސްކޫލުގެ "ސަލާހުއްދީން ހޯލު" ގައެވެ.
ދުވަހާއި ވަގުތު
- 19 އޭޕްރީލް ވާ ބުދަ ދުވަހު، މެންދުރު އެކަކުން 3:15 އަށް އަދި ހަވީރު ހަތަރަކުން ފަހަކަށް އަދި ރޭގަނޑު ނުވަޔަކުން ދިހަގަޑި ބަޔަށް
- 20 އޭޕްރީލް ވާ ބުރާސްފަތި ދުވަހު، ހެނދުނު ދިހަޔަކުން ހަވީރު ފަސްގަޑި ބަޔަށް އަދި ރޭގަނޑު އަށަކުން ރޭގަނޑު ދިހަގަޑި ބަޔަށް
މި ތަކެތި ބެހުމަށް ހަމަޖެހިފައިވަނީ މާލެ ސިޓީގެ ފަގީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ކަމުގައި މިނިސްޓްރީން ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް