ހިޔާ ޕާކުގެ 2 ވަނަ ފިޔަވަހި ތަރައްޤީ ކުރުމާ ގުޅޭގޮތުން ރައްޔިތުންގެ ހިޔާލު ހޯދަނީ

ހުޅުމާލޭގެ ފޭސް 2 ގައި ތަރައްގީ ކޮށްފައިވާ ހިޔާ ފުލެޓުތައް ކައިރީގައި ހަދާ ޕާކުގެ 2 ވަނަ ފިޔަވަހި ތަރައްޤީ ކުރުމާ ގުޅޭގޮތުން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ރައްޔިތުންގެ ހިޔާލު ހޯދު...

18 Apr 2022 | 17:56

ހުޅުމާލޭގެ ފޭސް 2 ގައި ތަރައްގީ ކޮށްފައިވާ ހިޔާ ފުލެޓުތައް ކައިރީގައި ހަދާ ޕާކުގެ 2 ވަނަ ފިޔަވަހި ތަރައްޤީ ކުރުމާ ގުޅޭގޮތުން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ރައްޔިތުންގެ ހިޔާލު ހޯދުމަށް ބައްދަލުވުންތަކެއް ބާއްވަން ނިންމައިފިއެވެ.

ހިޔާ ފުލެޓްތައް ކައިރީގައި ހަދާ ޕާކު އިތުރަށް ފުރިހަމަ ކުރުމަށް ކުރިޔަށް ގެންދަން ހަމަޖެހިފައިވާ 2 ވަނަ ފިޔަވަހީގެ މަސައްކަތްތައް ފެށުމަށްޓަކައި އެޗްޑީސީން ދަނީ ގިނަ ތައްޔާރީތަކެއް ވަމުންނެވެ.

އެޗްޑީސީން ހާމަކުރާގޮތުގައި މިޕާކުގެ ޕާކުގެ ދެވަނަ ފިޔަވަހީގެ މަސައްކަތްތައް ވެސް ކުރިޔަށް ގެންދާނީ އެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންގެ ހިޔާލާ އެއްގޮތަށެވެ.

އެގޮތުން ހިޔާ ޕާކުގެ 2 ވަނަ ފިޔަވައްސާއި ގުޅޭގޮތުން ހިޔާލު ހޯދުމަށް ބާއްވާ ޕްރޮގްރާމް މި މަހުގެ 22 ވަނަ ދުވަހުގެ ހަވީރު 4:00 ން 6:00 އަށް ހިޔާ ސަރަހައްދުގައި ކުރިޔަށް ގެންދާނެ ކަމަށް އެޗްޑީސީން ހާމަކުރެއެވެ.

މީގެ އިތުރުން މި މަޝްރޫޢުއާ ގުޅޭގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމަށް އެޗްޑީސީން މިހާރުވަނީ ހިޔާ ޕާކާއި ގުޅޭ އޮންލައިން ސާވޭ ފޯމެއް ތައާރަފުކޮށް އެ ފޯމް މެދުވެރިކޮށް ހިޔާލު ހުށަހެޅުމުގެ ފުރުސަތު ވެސް ހުޅުވާލާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް