އެމްއޭސީއެލްގެ އެމްޑީއަކަށް މަހުޖޫބު ޝުޖާއު

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ މެނޭޖިން ޑިރެކްޓަރަކަށް މަހުޖޫބު ޝުޖާއު ހަމަޖައްސައިފި އެވެ. މީގެ ކުރިން އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރަކަށް ހުންނެވީ އިނގިރޭސިވިލާތުގެ ރައ...

18 Apr 2022 | 11:20

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ މެނޭޖިން ޑިރެކްޓަރަކަށް މަހުޖޫބު ޝުޖާއު ހަމަޖައްސައިފި އެވެ.

މީގެ ކުރިން އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރަކަށް ހުންނެވީ އިނގިރޭސިވިލާތުގެ ރައްޔިތެއް ކަމަށްވާ ގޯޑަން އެންޑްރޫ ސްޓުވާޓް އެވެ. އޭނާ މީގެ ހަތަރު މަސް ކުރިން މަގާމުން ވަކި ކުރީ ޕާފާމަންސް ދަށް ކަމަށްބުނެ އެވެ.

އަލަށް އެމްޑީގެ މަގާމަށް އައްޔަން ކުރި މަހުޖޫބަކީ ހައުސިން ޑިވެލޮޕްމެންޓު ކޯޕަރޭޝަން (އެޗްޑީސީގެ އެންމެ ފުރަތަމަ މެނޭޖިން ޑިރެކްޓަރެވެ. އޭނާ ވަނީ މީގެ ކުރިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ތަރައްގީގެ ކަންކަން ވިލަރެސް ކުރުމަށް ރައީސް އޮފީހުގެ ހާއްސަ މަންދޫބެއްގެ ގޮތުގައި ވެސް މަސައްކަތް ކޮށްފަ އެވެ.

އެމްއޭސީއެލްގެ ހިންގުމަށް ދާދިފަހުން ގެނައި ބަދަލާއި އެކު ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރަކަށް، އެ ކުންފުނީގެ އެކްޓިން އެމްޑީގެ މަގާމުގައި ހުންނެވި އިބްރާހިމް ތޯހާ ވެސް މި މަހު ހަމަޖައްސާފައިވެ އެވެ. އެކްޓިން އެމްޑީއަކަށް ހަމަޖެއްސީ ޑެޕިއުޓީ ޗީފް އޮފިސަރަކަށް ހުންނަވަނިކޮށެވެ.

އެ ކުންފުނީގެ ބޯޑުގައި މި ވަގުތު ހަތް ބޭފުޅުން ތިއްބަ އެވެ. އެއީ ޗެއާމަން މުހައްމަދު އުމަރު މަނިކު (އެމްޔޫ މަނިކު) އާއި އިބްރާހިމް ނޫރައްދީނާއި އައިޝަތު އަރޫޝާ އާއި އަހުމަދު އީމާން މޫސާ އާއި އިބްރާހިމް ސިޔާދު ގާސިމް އަދި ޑރ. އިބްރާހިމް މަހްފޫޒެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް