މޯލްޑިވިއަނުން އީދާ ދިމާކޮށް ބާއްވާ މެލޭޝިއާ ދަތުރުތަކުގެ އަގު ހެޔޮކޮށްފި

ގައުމީ އެއާލައިން މޯލްޑިވިއަނުން މެލޭޝިއާއަށް ކުރުމަށް ހަމަޖެހިފައިވާ ދަތުރުތަކުގެ އަގު ހެޔޮކޮށްފި އެވެ. ކުޑަ އީދު ބަންދަށް ހާއްސަކޮށް ކުރުމަށް ހަމަޖެހިފައިވާ މި ދަތުރުތައް ބޭއްވުމަށް ހަމަޖެހިފައިވަނީ...

18 Apr 2022 | 10:50

ގައުމީ އެއާލައިން މޯލްޑިވިއަނުން މެލޭޝިއާއަށް ކުރުމަށް ހަމަޖެހިފައިވާ ދަތުރުތަކުގެ އަގު ހެޔޮކޮށްފި އެވެ.

ކުޑަ އީދު ބަންދަށް ހާއްސަކޮށް ކުރުމަށް ހަމަޖެހިފައިވާ މި ދަތުރުތައް ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ28 ން މެއި7 ވަނަ ދުވަހާއި ހަމައަށެވެ.

މޯލްޑިވިއަން ބުނީ ދަތުރުތަކުގެ އަގު ހެޔޮކޮށް މިހާރު މެލޭޝިއާއިން މާލެ އަށް ކުރާ ދަތުރަކަށް ނެގުމަށް ހަމަޖެހިފައިވަނީ 159 ޑޮލަރު ކަަށެވެ. އަދި މާލެއިން މެލޭޝިއާ އަށް ދަތުރުކުރާ ނަމަ 150 ޑޮލަރު ނަގަން ހަމަޖައްސާފައިވާ ކަމަށެވެ.

އޭރުން މިހާޜު ދެކޮޅު ދަތުރުގެ އަގަކީ309 ޑޮލަރެވެ. ކުރިން މިދަތުރަށް ނަގަން ހަމަޖައްސާފައި އޮތީ ދެކޮޅު ދަތުރަށް 390 ޑޮލަރެވެ. ކޮންމެ ފަސިންޖަރަކަށް30 ކިލޯގެ ލަގެޖު އުފުލޭނެ އެވެ.

މޯލްޑިވިއަން އިން ބުނީ މިހާ ބޮޑަށް އަގު ހެޔޮކުރީ މެލޭޝިއާގައި އުޅޭ ދިވެހި ކިޔަވާ ކުދިންނާއި އެހެން ދިވެހިންނަށް އީދު ޗުއްޓީ ރާއްޖޭގައި ހޭދަކުރަން ފުރުސަތު ދިނުމުގެ ގޮތުން ކަމަށެވެ.

މެލޭޝިއާ އަކީ ދިވެހިން އެންމެ ގިނައިން ދަތުރު ކުރާ ގައުމުތަކުގެ ތެރޭގައި ހިމެނޭ ގައުމެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް