ކުޅަދާނަ އިހްލާސްތެރި ވަފާތެރި ކައްޕިތާނެއް ހުުންގާނުގައި ނެތްނަމަ ކޮވިޑު ހާލަތުގައި މި އޮޑި ފަރަށް އެރީސް: ސަލީމް

ކުޅަދާނަ އިހްލާސްތެރި ވަފާތެރި ކައްޕިތާނެއް ދިވެހި ދައުލަތުގެ ހުންގާނުގައ މިއަދު ނުހުންނެވިނަމަ އަޅުގަނޑުމެންގެ އޮޑި ފަރަށް އެރީސް ކަމުގައި ހޯރަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް ވިދާޅުވެއްޖެއެވެ....

18 Apr 2022 | 10:07

ކުޅަދާނަ އިހްލާސްތެރި ވަފާތެރި ކައްޕިތާނެއް ދިވެހި ދައުލަތުގެ ހުންގާނުގައ މިއަދު ނުހުންނެވިނަމަ އަޅުގަނޑުމެންގެ އޮޑި ފަރަށް އެރީސް ކަމުގައި ހޯރަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް ވިދާޅުވެއްޖެއެވެ.

ސަލީމް މިހެން ވިދާޅުވީ ޓުއަރިޒަމާ ބެހޭ ގާނޫނަށް 11 ވަނަ އިސްލާހު ގެނައުމުގެ ބިލަށް ބަހުސް ކުރައްވަމުންނެވެ.

ސަލީމް ވިދާޅުވީ ދެކެމުންމިދިޔައީ ދެވަނަ ބޮޑުހަނގުރާމައަށްފަހުގައި ދިވެހިރާއްޖެ ކުރިމަތިވި އެންމެ ބޮޑު އިމްތިހާނު ކަމަށާއި ކޮވިޑުގެ ހާދިސާގެ ދެ އަހަރު ދިވެހި ތާރީހުގައި ލިޔެވިގެންދާނީ އަޅުގަނޑުމެންނަށް ނާއުންމީދާ ނުތަނަވަސްކަމާ ބިރުވެރިކަން ގެނެސްދިން ދ އަހަރުގެ ގޮތުގާ ކަމަަށެވެ.

"އެ ހާދިސާ އަދި މުޅިން ފިލައިގެންނެއް ނުދޭ، އެއާއެކީގައި ދެން މި ކުރިމަތިވީ ރަޝިޔާ ޔޫކްރޭން ހަނގުރާމައިގެ ހާދިސާ. އަޅުގަނޑުމެން ތަޖުރިބާ މި ކުރީ، ތަޖުރިބާ މި ކުރީ ތަޖުރިބާކުރަން ޖެހިދާނެ ކަމަށް ތަޖުރިބާކާރުންނަށްވެސް ވަޒަންކުރެވިފައިނޯންނާނެ ފަދަ ހާލަތެއް ކަަަމަށް ހިތަށް ގެނެވޭ." ސަލީމް ވިދާޅުވިއެވެ.

ސަލީމް ވިދާޅުވީ މައި އެއާޕޯޓް ބަންދުކުރަން ޖެހިދާނެކަމަކަށް ހިތަށް ގެނެވިފައެއް ނޯންނާނެ ކަމަށާއި ފަތުރުވެރިން ނިންދަވަން ތައްޔާރުކުރި އެނދުތަކުގަ ބަލި މީހުން ބައިތިއްބަން ޖެހިދާނެކަމަކަށް އަޅުގަނޑުމެންގެ ހިތަށް ތަސައްވަރު ކުރެވިފައެއް ނޯންނާނެ ކަމަށެވެ. އެހެންނަމަވެސް މިއީ އަޅުގަނޑުން ކުރިމަތިލި ހަގީގަތްތައް ކަމަށެވެ.

" ދަންނަވަން ބޭނުންވަނީ ކުޅަދާނަ އިހްލާސްތެރި ވަފާތެރި ކައްޕިތާނެއް ދިވެހި ދައުލަތުގެ ހުންގާނުގައ މިއަދު ނުހުންނެވިނަމަ އަޅުގަނޑުމެންގެ އޮޑި ފަރަށް އެރީސް ކަން." ސަލީމް ވިދާޅުވިއެވެ.

އެ މައުލޫގައި ވާހަކަފުޅު ދައްކަވަމުން ސަލީމް މިސާލު  ނެންގެވީ އަވަށްޓެރި ސްރީ ލަންކާއިންނެވެ. އެގޮތުން އޭނާ ވިދާޅުވީ އަވަށްޓެރި ސްރީލަންކާގަ ކަރަންޓެއް، ކާބޯތަކެއްޗެއް، ބޭހެއް، ތެލެއް، ގޭހެއް، މުދަލެއް، ބޭރު ފައިސާއެއް އަދި ދަރަނި ދެއްކޭނެ ގޮތެއްވެސް ނެތް ކަމަށެވެ. އަދި މަދަރުސާ ކުދިންނަށް އިމްތިހާނުތައް ބޭއްވޭނޭ ގޮތެއްވެސް އިމްތިހާނު ބާއްވާނެ ކަރުދާހެއްވެސް ނެތް ކަމަށެވެ.

"މިއީ އަޅުގަނޑުމެނަށްވުރެ މާ ތަނަވަހުގައި އަޅުގަނޑުމެންނަށްވުރެ މާ ފުރިހަމަ ވަސީލަތްތަކުގައި އުޅެމުންދިޔަ ރައްޔިތެއްގެ މިއަދުގެ ހާލަތު، އެމީހުން އެތިބީ މަގުމަތިވެފައި، ބިކަވެފަ، ގޮތް ހުސްވެފަ." ސަލީމް ވިދާޅުވިއެވެ.

ސަލީމް ވިދާޅުވީ ކޮވިޑްގެ ހާލަތު ފެށުނުއިރު ރާއްޖެއާއި ލަންކާއާ އޮތީ ގާތްގަނޑަކަށް އެއް ހާލަތެއްގައި ކަމަށާއި ތަޖުރިބާ ކުރަންޖެހިފައި އޮތީ ހަމަ ގާތްގަނޑަކަށް އެއްކަހަލަ ކަންތައްތަކެއް ކަމަށެވެ. އެއީ ޗައިނާގެ ދަރަންޏާ، ކޮވިޑުގެ ސަބަބުން ހުއްޓުނު އިގްތިސޯދު. ކަމަށެވެ.

ދިވެހި ރައްޔިތެއްގެ ގޮތުން އަޅުގަނޑުމެން ވިސްނާލަންޖެހޭނެ ކަމެއް ކަމަށާއި އޭގެ ކުރު ޖަވާބަކީ ﷲގެ ރަހުމަތާ ވެރިއެއްގެ ހިކުމަތް ކަމުގައި ސަލީމް ވިދާޅުވިއެވެެ.

ސަލީމް ވަނީ އެންމެ ފަހުން ވޯލްޑް ބޭންކުން ނެރުނު ރިޕޯޓާއި ގުޅޭގޮތުންވެސް ވާހަކަފުޅު ދައްކަވާފައެވެ. އެގޮތުން ސަލީމް ވިދާޅުވީ ގޮންޖެހުންތަކުގެ ތެރެއިން ދިވެހިރާއްޖެ ވަރުގަދަޔަށް އެބަ އަރައިގަންނަކަމާއި ރަނގަޅު ފިޔަވަޅުތަކާ ހަރުދަނާ ވެކްސިން ޕްރޮގްރާމްގެ ވާހަކަ އެ ރިޕޯޓުގައި ފާހަގަކޮށްފައި އެބަ އޮތްކަމަށެވެ.

"ކޮވިޑް މެނޭޖްކުރަން އަޅުގަނޑުމެން ފެށިއިރުގަ ސާމްޕަލްތައް ފުރަތަމަ ފޮނުވީ އިންޑިއާއަށްކަން ހަނދާން ހުރި މީހުން ވަރަށް މަދުވާނެ. އެއީ ސިއްހީ ހާލަތު އޮތް ގޮތް. މިއަދު ވޯލްޑްބޭންކުން މި ބުނަނީ މުޅި ސަރަހައްދުގެ އިގްތިސޯދީ ދުވެއްޔަށްވުރެ ރާއްޖޭގެ އިގްތިސޯދު ބާރުވެއްޖެކަމަށް. މުޅި އޭސިއޭއިން ޗައިނާ އިންޑިއާ ނަގާފާ އިގްތިސޯދު އެެންމެ ބާރަށް ދުވާ ގައުމަކަށް މިއޮތީ ދިވެހިރާއްޖެ." ސަލީމް ވިދާޅުވިއެވެެ.

ކޮވިޑުގެ ހާލަތުގައި ރާއްޖޭގެ އިގްތިސޯދު 33.5 އިންސައްތަ ދަށަށް ދިޔަކަން ފާހަގަކުރަައްވަމުން ވޯލްޑް ބޭންކުގެ ރިޕޯޓާ ހަވާލާދީ ސަލީމް ވިދާޅުވީ އަންހަނަ އަަހަރު އަންނަންވާއިރަށް ރާއްޖޭގެ އިގްތިސޯދީ ދުވަލި ކޮވިޑުގެ ހާލަތުގެ ކުރިން އޮތް މިންވަރަށް ރުޖޫއަވާނެކަމަށް އެ ރިޕޯޓްގައި އަންދާޒާކޮށްފައިވާކަަމަށެވެ.

ސަލީމްގެ ވާހަަކަފުޅު ނިންމަވާލައްވަމުން ވިދާޅުވީ މި ދިވެހިރާއްޖެ ދަރަނީގެ ދަންތުރައިގަ ޖެހުނަކަ މި ސަރުކާރުން ނުދޭނޭ ކަމާއި އަމާން އައްސޭރއިަކަށް ގެންގޮސްދޭނޭ ކަމާއި ދަރިނި ދެއްކުމަށް ބޭނުންވާ ފައިސާ ރިޒާވްގަ ހުރިކަން މި ރިޕޯޓުން ވަރަށް ސާފުކޮށް އެބަ އެނގޭ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް