ދެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި 19 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފި

ދެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި 19 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފިއެވެ. ފުލުހުންބުނީ ޖިންސީ ގޯނާ ކުރިކަމުގެ މައްސަލަ ރިޕޯޓްކޮށްފައިވަނީ އުތުރުގެ އަތޮޅެއްގެ ރަށަކުންކަމަށެވެ. މި މައްސ...

18 Apr 2022 | 09:58

ދެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި 19 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފިއެވެ.

ފުލުހުންބުނީ ޖިންސީ ގޯނާ ކުރިކަމުގެ މައްސަލަ ރިޕޯޓްކޮށްފައިވަނީ އުތުރުގެ އަތޮޅެއްގެ ރަށަކުންކަމަށެވެ.

މި މައްސަލާގައި އަނިޔާ ލިބިފައިވަނީ އުމުރުން 13 އަހަރުގެ އަންހެން ކުއްޖަކާއި، 11 އަހަރުގެ އަންހެން ކުއްޖަކަށެވެ.

އެ މައްސަލައާ ގުޅިގެން 19 އަހަރުގެ ދިވެހި ފިރިހެނަކު ކޯޓު އަމުރެއްގެ ދަށުން މިދިޔަ ބުދަ ދުވަހު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ. ކޯޓުން އޭނާ ބަންދަށް ވަނީ 10 ދުވަސް ޖަހާފައެވެ

ފުލުހުންނާއި ޖެންޑާ މިނިސްޓްރީ ގުޅިގެން މި މައްސަލަ ދަނީ ތަހުގީގު ކުރަމުންނެވެ.

މިހާރަކަށް އައިސް ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާމައްސަލަތަށް ދަނީ އިތުރުވަމުންނެވެ.

ކުޑަކުދިންގެ ހައްގުތަށް ކަށަވަރުކުރާ ގާނޫނުގެ ދަށުން އެކުދިން ގެ އައިޑެންޓިޓީ ރައްކާކުރުމަށް ކުއްޖާގެ ނަމާއި ރަށް ހާމަކުރުމަކީ މަނާކަމެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް