އަންނަ މަހުން ފެށިގެން ހިޔާ ފުލެޓްތަކުން ކުނި އުކަން ފީ ނަގަންފަށަނީ

ހުޅުމާލޭ ހިޔާފުލެޓުތަކުން ކުނި އުކާލުމުގެ ހިދުމަތަށް އަންނަ މަހުންފެށިގެން ކުލިނަގަން ފަށާނެކަމަށް ވެމްކޯއިން ބުނެފިއެވެ. ވެމްކޯއިން ނެރެފައިވާ އިއުލާނެއްގައި ބުނީ ހުޅުމާލެ ހިޔާ ފްލެޓްގައި ގިނަ އަދަދެ...

18 Apr 2022 | 09:25

ހުޅުމާލޭ ހިޔާފުލެޓުތަކުން ކުނި އުކާލުމުގެ ހިދުމަތަށް އަންނަ މަހުންފެށިގެން ކުލިނަގަން ފަށާނެކަމަށް ވެމްކޯއިން ބުނެފިއެވެ.

ވެމްކޯއިން ނެރެފައިވާ އިއުލާނެއްގައި ބުނީ ހުޅުމާލެ ހިޔާ ފްލެޓްގައި ގިނަ އަދަދެއްގެ އާއިލާތަކުން މިހާރު އާބާދުވެފައިވުމާއި ގުޅިގެން އެކުންފުނިން ދުވަހު ކުނި އުކާލުމުގެ ޚިދުމަތްތައް އެސަރަހައްދަށް މެދުނުކެނޑި  ފޯރުކޮށްދެމުންދާކަމަށެވެ. އެގޮތުން އަންނަ މެއި އިން ފެށިގެން ވެމްކޯގެ ޚިދުމަތަށް ބިލް ކުރުމަށް ހަމަޖެހިފައިވާކަމަށެވެ.

ވެމްކޯއިން ބުނީ ހިޔާ ފްލެޓްތަކަށް އެ ކުންފުނިން ފޯރުކޮށްދޭ ކުނި އުކާލުމުގެ ޚިދުމަތަކީ މަހަކު 150.00ރ ގެ ރޭޓުން

ބިލްކުރެވޭނެ ޚިދުމަތެއްކަމަށެވެ.

ވެމްކޯގެ ބިލް އަދި އެކައުންޓްގެ ތަފްސީލް ރަޖިސްޓަރ ކުރެވިފައިވާ ފްލެޓްގެ ވެރިފަރާތުގެ ފޯނަށް އެސް.އެމް.އެސްގެ

ޒަރިއްޔާއިން ފޮނުވެނެކަމަށް އެކުންފުނިން ބުނެއެވެ.

ދެވަނަ ފިޔަވަހީގެ ގޭބިސީތަކަށް ވެމްކޯއިން ފޯރުކޮށްދޭ ކުނި އުކާލުމުގެ ޚިދުމަތަކީ ދުވަހު ކުންނަށް ހާއްސަ

ހިދުމަތެކެވެ. އަދި މިނޫން ބަރު އަދި ބޮޑެތި ކުނި އުކާލުމަށް އެ ކުންފުނީގެ ކޯލް އެންޑް ޕިކަޕް' ކެޕްސް ޙިދުމަތަށް އެދިލެއްވުމަށް ވެމްކޯއިން އިލްތިމާސްކުރެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް