މި ރޯދަމަހު ރޯދަވީއްލުމަކަށް ދަންޏާ ދާންވީ ގޯމޭ ފައިން-ޑައިނަށް

ރޯދަމަހެއް ނިިމިދާއިރު އާއިލާގެ މެންބަރުންނާއެކު، ގާތް ރަހުމަތްތެރިންނާއެކު ނޫނީ ލޯބިވެރިޔާ ނުވަތަ ހަޔާތުގެ ބައިވެރިޔާއާއެކު ރޯދަވީއްލުމަކަށް ނުދާނަމަ ރޯދަމަސް ފުރިހަމަވާހެނެއް ހިއެއް ނުވެއެވެ. ފާއިތު...

18 Apr 2022 | 08:40

ރޯދަމަހެއް ނިިމިދާއިރު އާއިލާގެ މެންބަރުންނާއެކު، ގާތް ރަހުމަތްތެރިންނާއެކު ނޫނީ ލޯބިވެރިޔާ ނުވަތަ ހަޔާތުގެ ބައިވެރިޔާއާއެކު ރޯދަވީއްލުމަކަށް ނުދާނަމަ ރޯދަމަސް ފުރިހަމަވާހެނެއް ހިއެއް ނުވެއެވެ.

ފާއިތުވި ދެ އަހަރު، ކޮވިޑުގެ ހާލަތާއި ހެދި އެ އުފަލާއި ހިތްހަމަޖެހުން އަހަރެމެންނަށް ދިޔައީ ނުލިބިއެވެ. ނަމަވެސް މި އަހަރު އެ ފުރުސަތި ފަހިކޮށް އޮތް އިރު ރޯދަވީއްލުމަަކަން އިންސާފުކޮށްލަން ގޯމޭ ފައިން-ޑައިން އަކީ އެންމެ އެކަށީގެންވާ އެއް މަންޒިލެވެ.

ފަރީދީމަގު މެދެއްހާހިސާބުގައި ރަން ކުލައިން ޖަރީކޮށްފައިވާ ގޯމޭ ރެސްޓޯރެންޓަކީ 114 މީހުންގެ ޖާގައިގެ ރެސްޓޯރެންޓެކެވެ. ދެ ފަންގިފިލާ ހިމެނޭ މި ރެސްޓޯރެންޓްގެ ކޮންމެ ބައެއްގައިވެސް ހާއްސަ ކަންތައްތަކެއް އެކުލެވިގެންވާއިރު މިއުޒިކީ މަޑުމަޑު ރާގަކާއެކު މިންހެޔޮ ދުޅަހެޔޮ ރޯދަވީއްލުމަކަށް އިންސާފުކޮށްލަން ތާޒާ ބުއިންތަކާއި ނަން ހުސްކޮށް ކެއުންތައް ގޯމޭއިން މި ރޯދަމަހަށް ވަނީ ހާއްސަކޮށްފައެވެ.

ލޯބިވެރިޔާ ނުވަތަ ހަޔާތުގެ ބައިވެރިޔާއާއެކު ޕްރައިވެޓް ރޯދަވީއްލުމަކަށް ދާން ބޭނުންނަމަ ގޯމޭގައި އެކަމަށް ހާއްސަ އިންތިޒާމު ހަމަޖެހިގެންދާނެއެވެ. ގޯމޭގައި ޕްރައިވަސީ ލިބޭނޭހެން ޕްރައިވެޓް ތިން ކޮޓަރި ހުންނައިރު އޭގެން ދެ ކޮޓަރިއަކީ ދެމީހުންގެ ޖާގައިގެ ދެ ކޮޓަރިއެވެ. އަނެއް ކޮޓަރިއަކީ ތިނެއް ނުވަތަ ހަތަރު މީހުންގެ ޖާގައިގެ ކޮޓަރިއެކެވެ.

އާއިލާގެ މެންބަރުންނާއެކު ރޯދަވީއްލާނަމަ ގޯމޭގެ ވީއައިޕީ އޭރިއާ ހިޔާރު ކުރެވިދާނެއެވެ. އެ އޭރިއާއަކީ އޯޕަން އޭރިއާވެސް ހިމެނޭހެން 20 ނުވަތަ 25 މީހުންގެ ޖާގަ އެކުލެވޭ މާހައުލެކެވެ.

ރޯދަވީއްލާ ނިންމާލުމަށްފަހު އާއިލާ މެންބަރުންނާއެކު ނުވަތަ ރަށްޓެރި ރަހުމަތްތެރިންނާއެކު އުފާވެރި މަޖާ ވަގުތުކޮޅެއް ހިޔާރުކުރަން ބޭނުންނަމަ ގޯމޭގެ ކަރޯކޭ އޭރިއާ ނުވަތަ ޑައިމަންޑް ކޮޓަރި ހިޔާރު ކުރެވިދާނެއެވެ. އެ އޭރިއާއަކީވެސް 20 ނުވަތަ 25 މީހުންގެ ޖާގަ އެކުލެވޭ މާހައުލެކެވެ.

ރޯދަ ވީއްލުމަށް ހާއްސަ ހަތަރު މެނޫއެއް ގޯމޭއިން މިފަހަރު ތައާރަފްކޮށްފައިވެއެވެ. އެއީ ހުކުރު ދުވަހަށް ވަކި ހާއްސަ މެނޫއެއް، ހޯމަ އަދި ބުރާސްފަތި ދުވަހަށް ވަކި މެނޫއެއް، އާދީއްތަ އަދި ބުދަ ދުވަހަށް ވަކި މެނޫއެއް އަދި ހޮނިހިރު، އަންގާރަ ދުވަހަށް ވަކި މެނޫއެކެވެ.

ތާޒާ ބުއިންތަކާއި ނަން ހުސްކޮށް ކެއުންތައް ހިމަނާފައިވާ މި މެނޫތަކުގެ ކެއުންތައް ތައްޔާރުކޮށްފައިވަނީ ދިވެހި ޝެފެއްގެ އިރުޝާދާއެކު ދިވެހިންނަށް ކަމުދާނޭހެންނެވެ. ކަސްޓަމަރުން ބޭނުންފުޅުނަމަ ކަސްޓަމައިޒް މެނޫ ހިޔާރު ކުރުމުގެ ފުރުސަތުވެސް ގޯމޭއިން ދެއެވެ.

ރޯދަވީއްލުމަށް ރިޒަވޭޝަން ހެއްދެވުމަށް 3305575 ނުވަތަ 7505575 އަށް ގުޅުއްވާލައްވައިގެން ރިޒަވޭޝަން ހެއްދިދާނެއެވެ. ހާފް ޕޭމަންޓާއެކު ރިޒަވޭޝަން ކަށަވަރުކޮށްލެވޭނެއެވެ.

https://www.instagram.com/p/Cb15Mqfp4TF/

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް