އައްމަޓީއަކީ ކުށްވެރިއެއް ކަމަށް ދޭހަވާގޮތަށް ދައުލަތުން ދައްކާ ވާހަކަ ހުއްޓުވަން ކޯޓަށް

ސީލައިފް ގްލޯބަލްގެ ވެރިޔާ އަހުމަދު މޫސާ (އައްމަޓީ) ބަންދުން ދޫކޮށްލި މައްސަލަ ނިމެންދެން، އޭނާއަކީ ކުށްވެރިއެއް ކަން ދޭހަވާ ގޮތަށް ދައުލަތުން ވާހަކަ ދައްކާ ކަމަށް ބުނެ އެކަން މަނާކުރުމުގެ އަމުރަކަށް ...

18 Apr 2022 | 08:19

ސީލައިފް ގްލޯބަލްގެ ވެރިޔާ އަހުމަދު މޫސާ (އައްމަޓީ) ބަންދުން ދޫކޮށްލި މައްސަލަ ނިމެންދެން، އޭނާއަކީ ކުށްވެރިއެއް ކަން ދޭހަވާ ގޮތަށް ދައުލަތުން ވާހަކަ ދައްކާ ކަމަށް ބުނެ އެކަން މަނާކުރުމުގެ އަމުރަކަށް އޭނާގެ ފަރާތުން ސުޕްރީމް ކޯޓުގައި މިއަދު އެދެފި އެވެ.

އައްމަޓީގެ މައްޗަށް ދައުލަތުން42 ދައުވައެއް އުފުލީ ފްލެޓު އަޅައިދޭނެ ކަމަށް ބުނެ ގިނަ ބައެއްގެ އަތުން ފައިސާ ހޯދައި އޮޅުވާލި މައްސަލައިގަ އެވެ. މިހާރު ގޭ ބަންދުގައި ހުރި އަންމަޓީ މިދިޔަ މަހު ޝަރުތުތަކަކާއި އެކު ދޫކޮށްލި މައްސަލަ މުއްދަތު ހަމަވިފަހުން ދައުލަތުން އިސްތިއުނާފު ކުރުމުން ވަނީ ބޭރުކޮށްލާފަ އެވެ.

އައްމަޓީގެ ފަރާތުން ސުޕްރީމް ކޯޓުގައި މިކަމަށް އެދުނީ ހައިކޯޓުން މައްސަލަ ބޭރުކޮށްލުމުން ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުފާނު ކުރި މައްސަލައިގެ އަޑު އެހުމުގައެވެ. އައްމަޓީގެ ގާނޫނީ ވަކީލު ވިދާޅުވީ އެ މައްސަލާގައި ކޯޓާއި ފަނޑިޔާރުންގެ ހައިބަތަށް އުނިކަން ލިބޭ ގޮތަށް ސޯޝަލް މީޑިއާ އާއި ޓްވީޓާ އާއި އަމިއްލަ ބްލޮގްތަކުގައި ލިޔަމުންދާ ކަމަށެވެ.

އައްމަޓީގެ ވަކީލު ވަނީ އެފަދަ ވާހަކަތައް ދައްކައި ލިޔުންތައް ލިޔާ ބޭފުޅެއްގެ ގޮތުގައި ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ފާހަގަ ކުރައްވައި، ޝަމީމް މީގެ ކުރިން ދައްކަވާފައިވާ ވާހަކަތަކުން ދޭހަވާ މާނަތަކުގެ ތަފްސީލް ދެއްވާފަ އެވެ.

މިގޮތަށް ވާހަކަ ދެއްކުމުން ވަކި މީހަކީ ކުށްވެރިއެއް ކަން އާންމުންނަށް ގަބޫލު ކުރެވި އަދި މައްސަލަ ނިންމުމުގެ ކުރިން ފަނޑިޔާރުންނަށް ނުސީދާ ގޮތުން ނުފޫޒު ފޯރުވަން މަގުފަހިވާ ކަމަށް ވިދާޅުވި އެވެ. އަދި ފަނޑިޔާރުންނާ މެދު ކިތަންމެ އިތުބާރެއް އޮތަސް، ފަނޑިޔާރުންނަށް ނުފޫޒުތަކެއް އައިސްދާނެ ކޮންމެ ކަމެއް ހުއްޓުވަންޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ދައުލަތުން ބުނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވަން ދައުލަތުން ކުރި ކަމެއް ނުދެއްކޭތީ މި މަރުހަލާގައި އެފަދަ އަމުރެއް ނެރެން ނުޖެހޭނެ ކަމަށެވެ. އަދި ވަކި މީހަކު އަމިއްލަ ހައިސިއްޔަތުން އެފަދަ ކަމެއް ކޮށްފި ނަމަ، އަމުރަށް އެދެންޖެހޭނީ އެ މީހަކާ ދެކޮޅަށް ކަމަށް ވެސް ދައުލަތުން ބުންޏެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް