ރަންބީރާއި އާލިއާގެ ކައިވެނީ ހަފްލާތަކުން ފެނުނީ ކެޓްރީނާގެ ކައިވެންޏާއި ވާދަކުރިތަން!

މިދިޔަ ބުރާސްފަތި ދުވަހު ކުރި ބޮލީވުޑްގެ ތަރިން ކަމަށްވާ ރަންބީރު ކަޕޫރާއި އާލިއާ ބަޓްގެ ކައިވެނީގެ ފޮޓޯތަކުން ފާހަގަވީ މިދިޔަ ޑިސެމްބަރު މަހު ކައިވެނި ކުރި ކެޓްރީނާ ކެއިފް އާއި ވިކީ ކައުޝަލްގެ ކައިވެ...

18 Apr 2022 | 07:25

މިދިޔަ ބުރާސްފަތި ދުވަހު ކުރި ބޮލީވުޑްގެ ތަރިން ކަމަށްވާ ރަންބީރު ކަޕޫރާއި އާލިއާ ބަޓްގެ ކައިވެނީގެ ފޮޓޯތަކުން ފާހަގަވީ މިދިޔަ ޑިސެމްބަރު މަހު ކައިވެނި ކުރި ކެޓްރީނާ ކެއިފް އާއި ވިކީ ކައުޝަލްގެ ކައިވެންޏާއި ވާދަ ކުރުން އުޅުނުހެން ކަމަށް ބުނަން ފަށައިފި އެވެ.

ކެޓްރީނާ އެކޭ އެއްގޮތަށް އާލިއާވެސް ކައިވެނި ކުރިތާ ގަޑިއިރެއްހާ އިރު ތެރޭގައި ރަސްމީ އިންސްޓަގްރާމް ޕޭޖު މެދުވެރިކޮށް ރަންބީރާއި ދެމީހުން ކައިވެނި ކުރިކަން ހާމަކޮށްފަ ވެ އެވެ. ކައިވެނި ކުރި ވަގުތު ފޮޓޯތަކެއްވެސް އެ ޕޯސްޓާއި އެކު ކެޓްރީނާހެން ހިއްސާ ކޮށްފަ ވެއެވެ.

ކެޓްރީނާ ވަނީ ކައިވެނީގެ ހާއްސަ ރަސްމިއްޔާތުތައް ކަމަށްވާ މެހެންދީ އާއި ކައިވެނީގެ ހަފްލާ ބޭއްވި ހޮޓެލްގެ ޓެރަސްގައި ނަގާފައިވާ ފޮޓޯތަށް ރީތި މާނަތައް ހިމެނޭ ބަސްކޮޅުތަކަކާއި އެކު ކައިވެނީގެ ފަހުން އިންސްޓަގްރާމްގައި ހިއްސާ ކޮށްފަ އެވެ. އާލިއާވެސް ހަމަ ހިނގަމުންދަނީ އެމަގުންނެވެ.

މިކަން ފާހަގަވެގެން އެންމެ ފަހުން މީހުން ދަނީ ސޯޝަލް މީޑިއާގައި މަލާމާތް ކުރަމުންނެވެ. މީހުން ބުނީ ހީވަނީ ހަމަ ކެޓްރީނާގެ ކައިވެނީގެ ފޮޓޯތައް މޫނު ބަދަލުކޮށްލުމަށް ފަހު އަލުން ބަލައިލެވޭހެން ކަމަށެވެ. އަދި ފާޑު ކިޔާ މީހުން ވަނީ ރަންބީރުގެ ކައިވެނީގެ ފެނުނީ ވާދަވެރިކަމެއްތޯ ސުވާލުކޮށްފަ އެވެ.

އެންމެ ގިނަ މީހުން ފާހަގަކޮށްފައިވާ އެފަދަ ފޮޓޯއަކީ މެހެންދީގެ ހަފްލާގައި ކެޓްރީނާ މެހެންދީ އަޅަމުން ދަނިކޮށް ވިކީގޮސް އޭނާގެ އުނގުތެރޭގައި އިންދަ ނަގާފައިވާ ފޮޓޯއެކެވެ. ހަމައެފަދަ ގޮތަކަށް ރަންބީރު އާލިއާ އުނގުގައި އިންނަ ފޮޓޯއެއްވެސް އާލިއާ ހިއްސާކޮށްފައިވެ އެވެ.

https://www.instagram.com/p/CcZp3rzMG0K/

https://www.instagram.com/p/CXdB3SzPnnT/

ކެޓްރީނާ އަކީ ރަންބީރުގެ ކުރީގެ ލޯބިވެރިޔާ އެވެ. ރަންބީރު އާލިއާ އާއި ލޯބީގެ ގޮތުން ގުޅުނީ ކެޓްރީނާއަށް ލަނޑު ދިނުމަށް ފަހު ކަމަށްވާތީ އާލިއާ އާއި ކެޓްރީނާގެ ކުރިން އޮތް ގާތް ގުޅުމަށްވެސް ފަހުން އޮތީ ބުރޫ އަރާފަ އެވެ.

އެކަމަކު ރަންބީރުގެ ދެމަފިރިންނަށް ކެޓްރީނާގެ ދެމަފިރިން ވަނީ ކައިވެނި ކުރުމުން އިންސްޓަގްރާމް މެދުވެރިކޮށް މަރުހަބާ ކިޔާފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް