ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، ޔޫއޭއީގައި ކުރިޔަށް ދިޔަ ދުބާއީ އިންޓަރނޭޝަނަލް ޤުރުއާން މުބާރާތުގައި ބައިވެރިވެ، ރާއްޖެ ތަމްސީލުކުރި އަލްޙާފިޡް އަޙްމަދު ނަބީޙް ޢަބްދުލްޤާދިރާއި ބައްދަލުކުރައްވައި މަރުޙަބާ ވިދާޅުވެއްޖެއެވެ.
މިއަދު ހެނދުނު ރައީސް އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑޮކްޓަރ އަޙްމަދު ޒާހިރާއި، އަލްޙާފިޡް ނަބީޙްގެ މަންމަ އާމިނަތު މުޙައްމަދާއި، ބައްޕަ ޢަބްދުލްޤާދިރު ޤާސިމް ވަނީ ބައިވެރިވެވަޑައިގެންފައެވެ.
މި ބައްދަލުކުރެއްވުމުގައި ނައިބު ރައީސް ފައިޞަލް ވަނީ އަލްޙާފިޡް ނަބީޙަކީ ނަމޫނާ ކުއްޖެއްކަމުގައި ވިދާޅުވެ، ނަބީޙަށް ކީރިތި ޤުރުއާން ކިޔެވުމުގެ ރޮނގުން އިތުރަށް ކުރިޔަށް ދިޔުމަށް ހިތްވަރުދެއްވައި، ކުރިޔަށް އޮތް ތަނުގައި ސަރުކާރުގެ ތެރެއިން ހުރި މިފަދަ ފުރުޞަތުތައް ފަހިކުރުމަށް މަސައްކަތް ކޮށްދެއްވާނެކަމުގައި ވިދާޅުވެފައެވެ.
މީގެ އިތުރުން ވެސް އެމަނިކުފާނުވަނީ ކުދިންގެ ޅަ އުމުރުން ފެށިގެން ކީރިތި ޤުރުއާނަށް އޮންނަ ލޯބި އަށަގަތުމަށް މަސައްކަތްކުރުމުގެ މުހިންމުކަމާ ގުޅޭގޮތުން ވާހަކަފުޅުދައްކަވާފައެވެ
މި ބައްދަލުކުރެއްވުމުގައި ނަބީޙުގެ ބެލެނިވެރިން ވަނީ ދުބާއީ އިންޓަރނޭޝަނަލް ޤުރުއާން މުބާރާތުގައި ނަބީޙު ބައިވެރިވުމަށް ކުރި ދަތުރުގެ ތަޖުރިބާ ފައިޞަލްއާ ޙިއްޞާކުރައްވާފައެވެ.
ނަބީހު ވަނީ މި މުބާރާތުގައި ފައިނަލުގައި ވާދަކޮށްފި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް