ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް އަޑުއިވުމުން މަހުރޫމްވެފައިވާ ފަރާތްތަކަށް ފަސޭހައިން އެނގޭނެ ގޮތް ހެދުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ސައިން ލެންގުއޭޖު ކިޔައިދޭން ފަށައިފިއެވެ.
މަޖިލީހުގެ ޖަލްސާތައް އިޝާރާތުގެ ބަހުރުވައިން ވަގުތުން ގެނެސްދެނީ އެ ދާއިރާ އިން ރާއްޖޭގެ ތަޖުރިބާކާރެއް ކަމަށްވާ ސައިން ލެންގްއޭޖް އިންޓަޕްރިޓާ މަރިޔަމް ފަޒްނީ އެވެ.
މަޖިލީހުގެ ޖަލްސާތައް އިޝާރާތުން ގެނެސްދޭން ފަށާފައި މިވަނީ ޕްރެކްޓިސް ޕާލިމެންޓް ފޯ ޔޫތުގައި ބައިވެރިވި ދަރިވަރަކު އެކަން ކޮށްދިނުމަށް އެދިފައި ވަނިކޮށެވެ.
ފަޒްނީ އަކީ ކޯވިޑް-19 ގެ ހާލަތުގައި ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ނޫސްވެރިންގެ ބައްދަލުވުންތައްވެސް އިޝާރާތް ބަހުރުވައިން ގެނެސްދީފައިވާ ކުޅަދާނަ މީހެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް