މަރާލި ބަންގްލާދޭޝް މީހާގެ ހަށިގަނޑު ގައުމަށް ފޮނުވައިދޭން އާއިލާއިން އެދެފި

ހުޅުމާލޭގައި ހުންނަ ޚާންޖީ ރެސްޓޯރަންޓް ތެރޭގައި މަރާލި ބަންގްލާދޭޝް މީހާގެ ހަށިގަނޑު ގައުމަށް ފޮނުވައިދޭން އޭނާގެ އާއިލާއިން ކަމާބެހޭ ފަރާތްތަކުގައި އެދެފި އެވެ. ބަންގްލާދޭޝްގެ ނޫހެއްގައި ބުނެފައިވާ ...

18 Apr 2022 | 06:14

ހުޅުމާލޭގައި ހުންނަ ޚާންޖީ ރެސްޓޯރަންޓް ތެރޭގައި މަރާލި ބަންގްލާދޭޝް މީހާގެ ހަށިގަނޑު ގައުމަށް ފޮނުވައިދޭން އޭނާގެ އާއިލާއިން ކަމާބެހޭ ފަރާތްތަކުގައި އެދެފި އެވެ.

ބަންގްލާދޭޝްގެ ނޫހެއްގައި ބުނެފައިވާ ގޮތުން، ރެސްޓޯރަންޓުގެ ޕާކިސްތާނު ކައްކާގެ ހަމަލާދީ މަރާލި އެމްޑީ ޝާހިން، 29، އަކީ ބަންގްލާދޭޝްގެ ބްރަހްމަންބާރިއާ ސިޓީގެ ޗަމްޕޫރް ވިލެޖްގެ މީހެކެވެ. މިއީ ފަގީރު ސަރަހައްދެކެވެ.

އެ ނޫހުގައި ވާގޮތުން ޝާހިންގެ މަރާ ގުޅިގެން ބަންގްލާދޭޝް މީހުން އެއްވެ މުޒާހަރާ ކުރުމުން ބަންގްލާދޭޝް ހައި ކޮމިޝަނުން ގޮސް މުޒާހަރާގެ ބައިވެރިންނާ ވާހަކަ ދައްކައި އެއްވުން ރޫޅާލުމަށް އެދުނު ކަމަށެވެ.

އާއިލާ އިން ވަނީ އިންސާފު ހޯދައިދިނުމަށާއި ޝާހިންގެ ހަށިގަނޑު ގައުމަށް ފޮނުވައިދޭން ކަމާބެހޭ އިދާރާތަކުގައި އިލްތިމާސްކޮށްފައި ކަމަށް ނޫހުގައި ބުނެފައިވެ އެވެ.

ޝާހިން މަރާލިކަމުގެ ތުހުމަތުގައި ހައްޔަރު ކޮށްފައިވަނީ އެ ރެސްޓޯރެންޓްގެ ޕާކިސްތާނުގެ ކައްކާ މުހައްމަދު އާބިދު، 26، އެވެ. އޭނާ ވަނީ ހަމަލާ ދިނުމަށް ފަހު ފިލައިފަ އެވެ.

އޭނާ ފިލިނަމަވެސް ފުލުހުން ވަނީ އޭނާ ހޯދާ ހައްޔަރުކޮށްފައެވެ. މިހާރު އޭނާ ކޯޓަށް ހާޒިރުކުރުމުން ވަނީ ބަންދަށް 15 ދުވަސް އިތުރުކޮށްދީފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް