ސިންގަޕޫރު ދަތުރުފުޅަށް ފަހު ރައީސްގެ ދެކަނބަލުން ރާއްޖެ ވަޑައިގެންފި

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ރާއްޖެ ވަޑައިގެންފި އެވެ. ރައީސް އޮފީހުން ބުނީ ރައީސްގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ނުރ...

17 Apr 2022 | 19:45

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ރާއްޖެ ވަޑައިގެންފި އެވެ.

ރައީސް އޮފީހުން ބުނީ ރައީސްގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ނުރަސްމީ ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު ރާއްޖެ ވަޑައިގެންފައިވަނީ މިރޭގެ ވަގުތެއްގައި ކަމަށެވެ.

ރައީސް ސިންގަޕޫރަށް ފުރާވަޑައިގެންނެވީ މީގެ ތިން ދުވަސް ކުރިންނެވެ.

މި ދަތުރުފުޅާ ގުޅޭ ގޮތުން އިތުރު މައުލޫމާތެއް ރައީސް އޮފީހުން ހާމައެއް ނުކުރެއެވެ.

މިދިޔަ ފެބްރުއަރީ މަހު ރައީސް ވަނީ ތައިރޮއިޑްގެ އޮޕަރޭޝަނަކަށް ސިންގަޕޫރަށް ދަތުރު ކުރައްވާފަ އެވެ. އެހެން ކަމުން މިދަތުރުފުޅަކީ ސިއްހީ ފަރުވާއާއި ގުޅުން ހުރި ދަތުރަކަށް ވެދާނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް