ހައި ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލުުގެ މުއްދަތު އިތުރުކޮށްފި

ހައި ކޯޓަށް ދެ ފަނޑިޔާރަކު ހޯދުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ކުރި އިއުލާނުގެ މުއްދަތް އިތުރު ކޮށްފިއެވެ. ހައިކޯޓަށް ފަނޑިޔާރުން ހޯދުމަށް ކުރި އިއުލާނުގެ މުއްދަތު ހަމަވަނީ މިއަދު އެވެ. ...

18 Apr 2017 | 14:44

ހައި ކޯޓަށް ދެ ފަނޑިޔާރަކު ހޯދުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ކުރި އިއުލާނުގެ މުއްދަތް އިތުރު ކޮށްފިއެވެ.

ހައިކޯޓަށް ފަނޑިޔާރުން ހޯދުމަށް ކުރި އިއުލާނުގެ މުއްދަތު ހަމަވަނީ މިއަދު އެވެ. ޖޭއެސްސީން ކުރި އިއުލާނެއްގައި ބުނެފައިވަނީ އެ މުއްދަތު މެއި ތިން ވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފައިވާ ކަމަށެވެ.

އެ ކޯޓުގެ ފަނޑިޔާރުންގެ ބެންޗުން ދެ މަގާމު ހުސްވީ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވުމާއި ފަނޑިޔާރު އައްބާސް ޝަރީފް ފަނޑިޔާރުކަމުން ރިޓަޔާކުރެއްވުމުންނެވެ.

ހައި ކޯޓުގެ ފަނޑިޔާރަކަށް އަސާސީ މުސާރައިގެ ގޮތުގައި 36،000ރ. އާއި ލިވިން އެލަވަންސްގެ ގޮތުގައި 15،000ރ. ލިބޭނެ އެވެ. މީގެ އިތުރުން މެޑިކަލް އިންޝޫރެންސާއި ފޯނު އެލަވަންސް ދޭނެ އެވެ. އަދި ރިސްކް އެލަވަންސްގެ ގޮތުގައި 3،300ރ. ލިބޭނެ އެވެ.

ހައި ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގައި ތިއްބަވަނީ ނުވަ ފަނޑިޔާރުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް