މި ދިޔަ އަހަރުން ފެށިގެން ކުޑަކުދިންގެ ދުވަހު ކުޑަކުދިންނަށް ހާއްސަކޮށްގެން ޓީއެފްޖީ އާއި ބީއެމްއެލް ގުޅިގެން ބާއްވަމުން ގެންދާ "ބީއެމްއެލް ވައު ކިޑްސް ރަން" އަންނަ މަހުގެ 12 ވަނަ ދުވަހު ބޭއްވުމަށް ހަމަޖައްސައިފި އެވެ.
ތިން އަހަރު ދުވަހުގެ އެއްބަސް ވުމެއްގެ ދަށުން ކުރިއަށް ގެންދާ މި ދުވުމުގެ އިވެންޓް ހުޅުވާލައިފައި ވަނީ ތިން އަހަރާއި ނުވަ އަހރާއި ދެމެދުގެ ކުޑަކުދިންނަށާއި އެކުދިންގެ ބެލެނިވެރިންނަށެވެ.
ތިން އުމުރުފުރާއަކަށް ބަހާލައިގެން ކުރިއަށް ގެންދާ މި އިވެންޓުގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފަ އެވެ.
ބައިވެރިވުމަށް ރަޖިސްޓްރޭޝަން މާދަމާ މެންދުރު 12 ން ފެށިގެން ޓީއެފްޖީ ވެބްސައިޓް www.3000tfg.com މެދުވެރިކޮށް ކުރެވޭނެ އެވެ.
މި ދުވުމުގައި ބައިވެރި ވުމުގައި 600 ކުދިންނަށް ބައިވެރި ވުމުގެ ފުރުސަތު އޮތްއިރު ފުރަތަމަ ރަޖިސްޓްރީ ކުރާ 200 ކުދިންނަށް އިސްކަން ދެވޭނެ ކަމަށް ބީއެމްއެލް އިން ވަނީ ބުނެފަ އެވެ.
ދުވުން ފެށުމަށް ހަމަޖެހިފައިވަނީ މެއި މަހުގެ 12 ވަނަ ދުވަހު ހެނދުނު 7:20 ން ބީއެމްއެލް ހެޑް އޮފީސް ކުރިމަތިންނެވެ. މި ދުވުން ނިންމާލުމަށް ހަމަޖެހިފައިވަނީ ރަސފަންނު ސަރަހައްދަށެވެ.
ދުވުމުގެ މި އިވެންޓް ނިންމާލުމަށްފަހު ރަސްފަންނުގައި ހާއްސަ ހަރަކާތްތަކެއް ބޭއްވުމަށް ހަމަޖެހިފައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް