ދޮންވާނެ ކަމަށް ބުނާ ކްރީމްތަކުގެ އިޝްތިހާރު ކުޅުން ހުއްޓާލަން ޖެހޭ: ސުޝާންތު

ހަންގަނޑުގެ ކުލަ އަލި ކުރަން ބޭނުންކުރާ ކްރީމްތައް އިޝްތިހާރު ކުރުމަށް ބޮލީވުޑްގެ ތަރިން ދެކޮޅު ހަދާ، އެފަދަ އިޝްތިހާރުތައް ކުޅުން ހުއްޓާލަން ޖެހޭ ކަމަށް ކުރީގައި ޑްރާމާ ސީރީޒްތަކުން ފެނިގެންގޮސްފައިވ...

18 Apr 2017 | 08:40

ހަންގަނޑުގެ ކުލަ އަލި ކުރަން ބޭނުންކުރާ ކްރީމްތައް އިޝްތިހާރު ކުރުމަށް ބޮލީވުޑްގެ ތަރިން ދެކޮޅު ހަދާ، އެފަދަ އިޝްތިހާރުތައް ކުޅުން ހުއްޓާލަން ޖެހޭ ކަމަށް ކުރީގައި ޑްރާމާ ސީރީޒްތަކުން ފެނިގެންގޮސްފައިވާ އަދި މިހާރު ބޮލީވުޑްގެ ތަރި ސުޝާންތް ސިންހް ރާޖްޕުޓް ބުނެފި އެވެ.

ނޫސްވެރިންނާއި އެކު ބޭއްވި ބައްދަލުވުމެއްގައި އޭނާ ބުނީ ދޮންވާނެ ކަމަށް ބުނާ ކްރީމް ތަކުގެ އިޝްތިހާރު ކުޅެނީ ހަންގަޅު ކަނޅު މީހުން ބަލައި ގަންނަން ދެކޮޅު ހަދާ މީހުން ކަމަށެވެ. އަދި އެ ނާތަހުޒީބު ގޮތް ތަރިން ދޫކޮށްލަން ޖެހޭ ކަމަށް ސުޝާންތު ބުނެފައިވެ އެވެ.

ކުއްލިއަކަށް މި ބަހުސް އިންޑިއާގައި ފެށުނީ މިދިޔަ ހަފްތާގައި ވެރިކަން ކުރާ ޕާޓީ ބީޖޭޕީގެ ލީޑަރެއް ކަމަށްވާ ތަރުން ވިޖޭ ބުނި އެއްޗަކާއި ގުޅިގެންނެވެ. އޭނާ ބުނީ ސައުތް އިންޑިއާ ކަޅު މީހުންނާއި އެކު އުޅެންޖެހިފައިވާއިރު އިންޑިއާ އަކީ ނަސްލީ ތަފާތު ކުރުން ގެންގުޅޭ ގައުމެކޭ ބުނެވެން ނެތް ކަމަށެވެ.

މިކަން ބައެއް ތަރިންނެގީ ވަރަށް ސީރިއަސް ކޮށެވެ. އަދި ބޮލީވުޑްގެ ތަރި އަބޭ ޑިއޯލް ވަނީ ދޮންވާ ބޭނުން ކުރާ ކްރީމްތަކުގެ އިޝްތިހާރު ކުޅެފައިވާ ޝާރުކް ހާން، ދިޕިކާ ޕަދުކޯން އަދި ސޯންމަ ކަޕޫރާއި ޝަހިދު ކަޕޫރު މެންފަދަ ތަރިންނަށް އެފަދަ އިޝްތިހާރު ކުޅުން ހުއްޓާލުމަށް ގޮވާލާފައި އެވެ.

ބޮލީވުޑްގެ ތަރިންގެ ތެރެއިން ކަންގަނާ ރަނާވަތަކީ އެންމެވެސް ގަބޫލު ކުރާ ގޮތުގައި ނަސްލީތަފާތު ކުރުމާއި ދެކޮޅަށް ވަކަލާތު ކުރާ ހިތްވަރުގަދަ ތަރިއެކެވެ. އެއީ އޭނާއަށް އެތައް ފަހަރަކު އެކަހަކަ ކްރީމްތަކުގެ އިޝްތިހާރުކޮށް ޕްރޮމޯޓު ކުރަން ފުރުސަތު ލިބުމުން ނުކުޅޭނެ ކަމަށް ބުނެ ދޫކޮށްލާފައިވާތީ އެވެ.

އަބޭ ޑިއޯލް ވަނީ ކަންގަނާ މިސާލަކަށް ބަލަންޖެހޭ ކަމަށް އެހެން ތަރިންނަށް ގޮވާލާފައި އެވެ. އަދި ސުޝާންތު ވަނީ އަބޭައަށް ތާއީދުކޮށް ކޮންމެ ކުލައެއް މީހަކަށްވެސް ގަދަރާއި އިހުތިރާމް ލިބެންޖެހޭ ކަމަށް ބުނެފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް