ކޯޓުތަކުގައި މަސައްކަތް ކުރައްވާނެ އިސް މެޖިސްޓްރޭޓުންނާއި މެޖިސްޓްރޭޓުން ހޯދަން ޖުޑީޝަލް ސާވިސް ކޮމިޝަނުން އިއުލާނުކޮށްފި އެވެ.
ޖޭއެސްސީގެ އިއުލާނުގައި ބުނެފައިވަނީ ޖުމްލަ 42 މެޖިސްޓްރޭޓުން ހޯދަން ބޭނުންވާކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ 31 އިސް މެޖިސްޓްރޭޓުންނާއި 11 މެޖިސްޓްރޭޓުން ނެވެ.
މި މަގާމުތަކަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަން ޖެހޭ ޝަރުތުތަކަކީ ގާނޫނު ނުވަތަ ޝަރީއާ އިން ޑިޕްލޮމާއެއް ހާސިލްކޮށްފައިވާ މީހަކަށް ވުމެވެ. އަދި ވަކީލުކަމުގައި ނުވަތަ ފަނޑިޔާރު ކަމުގައި ނުވަތަ ކޯޓެއްގެ ލީގަލް މަގާމެއްގައި މަދުވެގެން ދެ އަހަރު މަސައްކަތް ކޮށްފައިވާ މީހަކަށް ވާންޖެހެ އެވެ.
މި މަގާމުތަކަށް ކުރިމަތިލުމުގެ މުއްދަތު ހަމަވާނީ އަންނަ މަހުގެ 16 ގައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް