"ފޭޓް އޮފް ދަ ފިޔުރިއަސް" ރެކޯޑް މުގުރާލުމަށްފަހު ބޮކްސް އޮފީސް ޗާޓުގެ އެއްވަނައަށް

ފާސްޓް އެންޑް ދަ ފިޔުރިއަސް ފްރާޗައިސްގެ އަށް ވަނަ ފިލްމް "ފޭޓް އޮފް ދަ ފިޔުރިއަސް" ހުރިހާ ރެކޯޑް ތަކެއް މުގުރާލުމަށްފަހު ބޮކްސް އޮފީސް ޗާޓުގެ އެއްވަނައަށް އަރައިފި އެވެ. ހަފްތާ ބަންދު ތެރޭގައި ރިލީޒް...

18 Apr 2017 | 06:41

ފާސްޓް އެންޑް ދަ ފިޔުރިއަސް ފްރާޗައިސްގެ އަށް ވަނަ ފިލްމް "ފޭޓް އޮފް ދަ ފިޔުރިއަސް" ހުރިހާ ރެކޯޑް ތަކެއް މުގުރާލުމަށްފަހު ބޮކްސް އޮފީސް ޗާޓުގެ އެއްވަނައަށް އަރައިފި އެވެ.

ހަފްތާ ބަންދު ތެރޭގައި ރިލީޒް ކުރި މި ފިލްމު ވަނީ މިހާތަނަށް 532.5 މިލިއަން ޑޮލަރު ހޯދާފަ އެވެ. މި ފިލްމް ޗާޓުގެ އެއްވަނަ ހޯދާފައިވަނީ ސްޓާ ވާސް ގެ "ދަ ފޯސް އަވޭކަންސް" ގެ ރެކޯޑް މުގުރާލުމަށް ފަހު އެވެ.

ސްޓާ ވާސގެ މި ފިލްމަށް ލިބިފައި ވަނީ 529 މިލިއަން ޑޮލަރެވެ..

ފާސްޓް އެންޑް ދަ ފިޔުރިއަސް ފްރާންޗައިސް ގެ ހަތް ވަނަ ފިލްމަށް އެހާ ބޮޑު މަޤުބޫލުކަމެއް ލިބިފައި ނުވެ އެވެ. މި ފިލްމު ރިލީޒް ކުރި ފުރަތަމަ ހަފްތާ ތެރޭގައި ލިބިފައި ވަނީ އެންމެ 147.2 މިލިއަން ޑޮލަރެވެ.

ފާސްޓް އެންޑް ދަ ފިޔުރިއަސް އަށެއްގެ ނަމުން މަޝްހޫރު ވެފައިވާ މި ފިލްމުގެ ދެ ތަރިން ޑްވޭން ދަ ރޮކް ޖޯންސަން އާއި ވިން ޑީސަލް ވަނީ އެ ދެ ތަރިން މި ފިލްމުގެ ކާމިޔާބީ އާމެދު ވަރަށް އުފާވާ ކަމަށާއި އެކަމަށް ޝުކުރުވެރިވާ ކަމަށް ބުނެފަ އެވެ.

އެމެރިކާގެ ފިލްމް ކްރިޓިކެއް ކަމުގައިވާ ރިއާނާ ޑިއްލަން ބުނާގޮތުގައި ފާސްޓް އެންޑް ދަ ފިޔުރިއަސް ގެ ފިލްމު ތަކަކީ ހުރިހާ އުމުރަކާ ގުޅޭ ފިލްމުތަކެކެވެ. އަދި ކުޑަ ކުދިންވެސް ބޮޑެތި މީހުންވެސް ކާރުތަކާއި އެއްޗެހި ގޮވާ ތަން ބަލާ ހިތްވާ އިރު މި ފިލްމަކީ އެފަދަ މީހުންނަށް އެންމެ ގުޅޭނެ ފިލްމުކަމަށްވެސް އޭނާ ވަނީ ބުނެފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް