ސްކޫލް ދަރިވަރަކާއި ގަދަކަމުން ބަދުއަހުލާގީ އަމަލު ހިންގަން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރު ކޮށްފައި ހުރި ބިދޭސީ މީހާގެ ބަންދަށް 14 ދުވަސް ޖަހައިފި އެވެ.
އޭނާ ހައްޔަރު ކުރީ މިދިޔަ ބުރާސްފަތި ދުވަހު ދ. އަތޮޅު ރަށަކުންނެވެ. އެ މީހާ އަކީ އެ ރަށު ސްކޫލްގައި ކިޔަވައިދޭ ޓީޗަރެ ކެވެ.
ފުލުހުން ބުނީ އެމީހާގެ ބަންދަށް 14 ދުވަސް އިތުރުކޮށްދިނީ ކުޑަހުވަދޫ މެޖިސްޓްރޭޓު ކޯޓުން ކަމަށެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެއީ އިންޑިއާ މީހެކެވެ.
މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް