އިތުރު އޮޓޮޕްސީއެއް ހެދުމަށް ރައުދާގެ ހަށިގަނޑު ކޮނެގެން ނަގަނީ

ބަންގްލްދޭޝްގެ ރާޖްޝާހީގައި މަރުވެފައި ހުއްޓާ ފެނުނު ދިވެހި ދަރިވަރު އަދި މޮޑެލް ރައުދާ އާތިފްގެ ކައްވަޅު ކޮނެގެން ހަށިގަނޑު ނެގުމުގެ ހުއްދައަށް ބަންގްލަދޭޝްގެ ފުލުުހުންގެ ސީއައިޑީ ޑިޕާޓްމަންޓުން އެދެ...

18 Apr 2017 | 01:45

ބަންގްލްދޭޝްގެ ރާޖްޝާހީގައި މަރުވެފައި ހުއްޓާ ފެނުނު ދިވެހި ދަރިވަރު އަދި މޮޑެލް ރައުދާ އާތިފްގެ ކައްވަޅު ކޮނެގެން ހަށިގަނޑު ނެގުމުގެ ހުއްދައަށް ބަންގްލަދޭޝްގެ ފުލުުހުންގެ ސީއައިޑީ ޑިޕާޓްމަންޓުން އެދެފި އެވެ.

އެގައުމުގެ ސީއައިޑީގެ ސުޕްރިޓެންޑެންޓު ނަޒްމުލް ކަރީމް ހާނާއި ހަވަލާދީ ބަންގްލަދޭޝްގެ ނޫހެއް ކަމަށްވާ ޑެއިލީ ސްޓާގައި ބުނެފައިވަނީ ކައްވަޅު ކޮނެގެން ރައުދާގެ ހަށީގަނޑު ނެގުމުގެ ހުއްދައަށް މިހާރު ކޯޓުގައި އެދިފައިވާކަމަށެވެ. އެކަމަކު އެކަމާއި މެދު ކޯޓުން ގޮތެއް ނިންމާނީ އަޑުއެހުމެއް ބޭއްވުމަށް ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.

އޭނާ ވިދާޅުވެފައިވަނީ އަލުން ހަށިގަނޑު ނަގަން ބޭނުންވަނީ އިތުރު އޮޓޮޕްސީއެއް ހެދުމަށް ކަމަށެވެ. އެއީ އާއިލާއިން ކުރިން ހެދި އޮޓޮޕްސީ ގަބޫލު ކުރުމަށް ދެކޮޅު ހަދާތީ ކަމަށްވެސް ވިދާޅުވެފައިވެ އެވެ.

ނަޒްމުލް އިތުރަށް ވިދާޅުވެފައިވަނީ ރައުދާގެ މަރުގެ ހަގީގަތް ދެނެގަތުމަށް ކުރަންޖެހޭ ހުރިހާ ތަހުގީގެއް ކުރާނެ ކަމަށާއި، އެކަމަށް ބޭނުންވާ އެންމެ މުހިންމު ހެއްކަކީ ރައުދާގެ ހަށިގަނޑު ކަމަށެވެ.

ރައުދާ ދަންޖެހިގެން މަރުވެފައި ހުއްޓަ ފެނުނީ މިދިޔަ މަހުގެ 29 ވަނަ ދުވަހު ހެނދުނު އޭނާ ދިރިއުޅޭ ރާޖްޝާހީގެ އިސްލާމީ ބޭންކް މެޑިކަލް ކޮލެޖުގެ ހޮސްޓެލްގެ ކޮޓަރިންނެވެ. އެކަމަކު ރައުދާގެ ބައްޕަ ވަނީ އޭނާ ދަންނުޖެހޭނެ ކަމަށާއި ބަޔަކު އޭނާ މަރާލާފައި ދަންޖެހިގެން މަރުވީ ކަމަށް ދައްކަން މަސައްކަތް ކުރަނީ ކަމަށެވެ.

ރައުދާ ބައްޕަ ކޯޓަށް ހުށަހެޅި  މައްސަލައިގަ ވަނީ އޭނާގެ އެކުވެރިޔާ އިންޑިއާގެ ކަޝްމީރަށް ނިސްބަތްވާ ސީރަތް ޕަރްވީންގެ މައްޗަށް ތުހުމަތުތަކެއް ކޮށްފައި އެވެ. އެހެންވެ އިއްޔެ ކޯޓުން ވަނީީ ހުއްދަ ނެތި ބަންގްލަދޭޝްއިން ފުރުން ސީރަތުއަށް މަނާކޮށްފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް