ތިލަފުށީގައި ހިނގި އެކްސިޑެންޓެއްގައި އަނެއްކާވެސް މީހަކު މަރުވެއްޖެ

ތިލަފުށީގައި ދެވަނަ އެކްސިޑެންޓެއް ހިނގައި މީހަކު މަރުވެއްޖެ އެވެ. ފުލުހުން ބުނީ އެ އެކްސިޑެންޓު ހިނގީ ދުއްވާފައި ދިޔަ ސައިކަލެއް ކޮންޓްރޯލް ނުވެގެން ގޮސް މޫދަށް ވެއްޓިގެން ކަމަށެވެ. އަދި ސައިކަލް ދުއ...

18 Apr 2015 | 10:02

ތިލަފުށީގައި ދެވަނަ އެކްސިޑެންޓެއް ހިނގައި މީހަކު މަރުވެއްޖެ އެވެ.

ފުލުހުން ބުނީ އެ އެކްސިޑެންޓު ހިނގީ ދުއްވާފައި ދިޔަ ސައިކަލެއް ކޮންޓްރޯލް ނުވެގެން ގޮސް މޫދަށް ވެއްޓިގެން ކަމަށެވެ. އަދި ސައިކަލް ދުއްވަން އިން މީހާގެ ބޮލަށް ލިބުނު އަނިޔާތަކެއްގެ ސަބަބުން އޭނާ މާލެ ގެނެސް އޭޑީކޭ ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް މަރުވެފައިވާ ކަމަށެވެ.

މި އެކްސިޑެންޓުގައި މަރުވެފައިވަނީ ދިވެހި ފިރިހެނެކެވެ.

މީގެ އިތުރުން މިއަދު ވަނީ ތިލަފުށީގައި އެކްސްކަވޭޓަރަކާ ފޯކް ލިފްޓަކާ ދޭތެރޭ ތާށިވެ އެރަށުގައި މަސައްކަތްކުރި ބިދޭސީއަކުވެސް މަރުވެފަ އެވެ. އެ ހާދިސާގައި ދިވެއްސަކު ހޭނެތިގެން ހޮސްޕިޓަލަށް ގެންގޮސް ފަރުވާދީފައިވެ އެވެ.

ފުރަތަމަ ހާދިސާގައި މަރުވެފައިވަނީ އުމުރުން 30 އަހަރުގެ ބަންގްލަދޭޝް ރައްޔިތެކެވެ.

ފުލުހުން ބުނީ މި ދެ ހާދިސާ ހިނގަން މެދުވެރިވި ސަބަބުވެސް ތަހުގީގު ކުރަމުންދާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް