އުރަމަތީގެ ކެންސަރުގެ މައުލޫމާތު ދިނުމަށް ކުޅުދުއްފުޓާއި ދިއްދޫގައި ޕްރޮގްރާމެއް ކުރިޔަށް ގެންދަނީ

ކެންސާ ސޮސައިޓީ އިން އިސްނަގައިގެން ހދ،ކުޅުދުއްފުށްޓާއި ހއ.ދިއްދޫގައި އުރަމަތީ ކެންސަރާއި ގުޅޭ މައުލޫމާތު ދިނުމަށް ޕްރޮގްރާމެއް ފަށައިފި އެވެ. އެ ސޮސައިޓީން ބުނީ އެ ޕްރޮގްރާމަކީ ފަސޭހައިން އުރަމަތީގެ ...

18 Apr 2015 | 08:35

ކެންސާ ސޮސައިޓީ އިން އިސްނަގައިގެން ހދ،ކުޅުދުއްފުށްޓާއި ހއ.ދިއްދޫގައި އުރަމަތީ ކެންސަރާއި ގުޅޭ މައުލޫމާތު ދިނުމަށް ޕްރޮގްރާމެއް ފަށައިފި އެވެ.

އެ ސޮސައިޓީން ބުނީ އެ ޕްރޮގްރާމަކީ ފަސޭހައިން އުރަމަތީގެ ކެންސަރަށް ސްކްރީން ކޮށްދިނުމުގެ މަގު ފަހިކޮށްދިނުމަށް ކުރިޔަށް ގެންދާ ޕްރޮގްރާމެއް ކަމަށެވެ. އެ ޕްރޮގްރާމްގައި އުމަރަމަތީ ކެންސަރަށް މީހުން ސްކްރީންކޮށް، ކެންސަރާއި ގުޅުންހުރި މައުލޫމާތު ދޭނެކަމަށް އެ ސޮސައިޓީން ބުންޏެވެ.

ޕްރޮގްރާމްގައި ދެ ރަށުގެ އާންމު ރައްޔިތުންނާއި ސްކޫލު ދަރިވަރުންގެ ތެރެއިން ގްރޭޑު އަށަކުން މަތީގެ ދަރިވަރުންނަށް ކެންސަރު ބައްޔަށް ހޭލުންތެރި ކުރުވުމުގެ ގޮތުން ހާއްސަ ސެޝަންތަކެއްވެސް އަންނަނީ ކުރިއަށް ގެންދަމުންނެވެ.

އެ ޕްރޮގްރާމުގައި އެފްއީއެމް ސާޖަރީ އަދި ސިންގަޕޫރުގެ މައުންޓް އެލިޒަބެތު ހޮސްޕިޓަލުން ބައިވެރިވެއެވެ.

މިދިޔަ ބުދަ ދުވަހާއި ބުރާސްފަތި ދުވަހު އެ ޕްރޮގްރާމް ކުރިއަށް ގެންގޮސްފައި ވަނީ ކުޅުދުއްފުށީގައި އެވެ. ސީއެސްއެމްއިން ބުނީ އެރަށުން 500 އަށް ވުރެ ގިނަ މީހުން އެ ޕްރޮގްރާމުގައި ބައިވެރިވެ، 450 އެއްހާ މީހުން ވަނީ އުރަމަތީ ކެންސަރަށް ސްކްރީން ކޮށްފައިވާކަމަށެވެ.

ދިއްދޫގައި މިހާރު އެ ޕްރޮގްރާމް ކުރިޔަށް ގެންދާއިރު އެ ރަށޫގައި ޕްރޮގްރާމް ފެށީ އިއްޔެ އެވެ.

ކެންސާ ސޮސައިޓީން ވަނީ މިދިޔަ އަހަރުވެސް ރާއްޖޭގައި އެ ޕްރޮގްރާމް ހިންގާފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް