ތިލަފުށީ ކައިރީގައި ވަކިން އޮންނަ ތިިލަފުށީ ތިން ނަންބަރު ރަށުގައި އެކްސްކަވޭޓަރަކާއި ފޯކްލިފްޓެއް ޖެހި ހިނގި އެކްސިޑެންޓެއްގައި މީހަކު މަރުވެއްޖެ އެވެ.
މި ހާދިސާގައި މަރުވެފައިވަނީ ބަންގްލަދޭޝް ރައްޔިތެކެވެ.
އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް ޒީނަތު އަލީ ހަބީބު ވިދާޅުވީ، މެންދުރު 12:50 ހާއިރު އޭނާ ހޮސްޕިޓަލަށް ގެންދިޔަ އިރު މަރުވެފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ އެ މީހާގެ މެޔަށް ޒަހަމްތަކެއް ލިބިފައިވާކަމަށާއި މޭކަށިތަކުން ބައެއް ކަށިތައް ބިނދިފައިވާ ކަމަށެވެ.
މަރުވި ބަންގްލަދޭޝް މީހާގެ އިތުރުން ތިލަފުށީގައި މަސައްކަތް ކުރާ ޑްރައިވަރެއް ހޭނެތިގެން ހޮސްޕިޓަލަށް ގެންދިޔަ ކަމަށާއި އޭނާގެ ހާލު މިހާރު ރަނގަޅު ކަމަށް ވިދާޅުވި އެވެ.
މަރުވީ އަލްއަމީން ނަމަކަށް ކިޔާ 30 އަހަރުގެ މީހެކެވެ. ނަމަވެސް އެ މީހާ އަކީ އެކްސިޑެންޓްވީ އިރު ފޯކްލިފްޓް ދުއްވަން އިން މީހާކަން ނުވަތަ އެކްސްކަވޭޓަރު ދުއްވަން އިން މީހާކަން ޔަގީނެތް ނުވެ އެވެ.
ފުލުހުން ބުނީ ހާދިސާ ހިނގަން މެދުވެރިވި ސަބަބު އަދި ނޭނގޭކަމަށާއި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް