އެސްޓީއޯގެ ބޭސްފިހާރައެއް ހއ. ބާރަށުގައި ހުޅުވައިފި އެވެ.
އެސްޓީއޯއިން ބުނީ އެ ރަށުގައި ހުޅުވި ބޭސްފިހާރަ ހިންގަނީ ބާރަށު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު އިބްރާހިމް ޝުޖާއު އިމާރާތް ކޮށްދެއްވާފައިވާ އިމާރާތެއްގައި ކަމަށެވެ. އޭނާވަނީ އިމާރާތް ކުރުމަށް ފަހު އެތަން އެސްޓިއޯއި ހަވާލުކޮށްފަ އެވެ.
އެ ކުންފުނިން ބުނީ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އެސްޓީއޯ ބޭސްފިހާރަ ހުޅުވުމުގެ މަޝްރޫއުގެ ދަށުން ބާރަށުގައި ގާއިމް ކުރި ބޭސްފިހާރައިންވެސް އާސަންދައިގެ ހިދުމަތް ލިބޭނެ ކަމަށެވެ.
ސަރުކާރާއި އެސްޓީއޯ ގުޅިގެން ކުރިއަށް ގެންދާ މި މަޝްރޫއުގެ ދަށުން މިހާތަނަށް ވަނީ 104 ރަށެއްގައި އެ ކުންފުނީގެ ބޭސްފިހާރަ ހުޅުވައިފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް