ކޮތަރަށް ކާންދޭނެ "މާ ރަނގަޅު" ތަނެއް ހޯދައިދޭނަން: މުއިޒު

މާލޭގައި ކޮތަރަށް ކާންދޭނެ އެހެން ތަނެއް ހޯދައިދޭނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. ޖުމްހޫރީ މައިދާނުގައި ކޮތަރަށް ކާންދިނުން ހައުސިން މިނިސްޓްރީން މިދިޔަ ބުދަ ދު...

18 Apr 2015 | 07:43

މާލޭގައި ކޮތަރަށް ކާންދޭނެ އެހެން ތަނެއް ހޯދައިދޭނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ޖުމްހޫރީ މައިދާނުގައި ކޮތަރަށް ކާންދިނުން ހައުސިން މިނިސްޓްރީން މިދިޔަ ބުދަ ދުވަހު ކުއްލިއަކަށް މަނާކުރުމާއި ގުޅޭގޮތުން މިނިސްޓަރު މުއިޒު ކުރެއްވި ޓުވީޓެއްގައި ވަނީ ޖުމްހޫރީ މައިދާނުގައި ކޮތަރަށް ކާންދިނުން މަނާ ކުރި ނަމަވެސް އެކަމަށް "މާ ރަނގަޅު" އެހެން ތަނެއް ހޯއްދަވައި ދެއްވާނެ ކަމަށެވެ. އެކަމަކު އެކަމާ ގުޅޭ އިތުރު ތަފްސީލެއް އޭނާ ނުދެއްވަ އެވެ.

ކޮތަރަށް ކާންދިނުން މަނާކުރީ މިނިވަން ފަންސާހާއި ދިމާކޮށް އެތަނުގައި އާ ވިނަ އިންދާފައި ވާތީ، އެ ވިނަތައް ހަލާކުވިޔަ ނުދިނުމަށް ކަމަށް ބުނެ އެވެ. އަދި ކޮތަރުތަކުގެ ސަބަބުން އެ ސަރަހައްދުގެ އިމާރާތްތައް ހަޑިވާތީމަށް ބުނެ އެވެ.

ކޮންމެ ދުވަހަކު ވެސް އެކި ގަޑިގަޑީގައި ކޮތަރަށް ކާން ދޭން ކުޑަކުދިންނާއި ބޮޑެތި މީހުން ޖުމްހޫރީ މައިދާނަށް ދެ އެވެ. ހާއްސަކޮށް ބަންދު ދުވަސް ދުވަހު ހެނދުނާއި ހަވީރު ގަޑީގައި އެތަނަށް ދާ ކުޑަކުދިން ގިނަ އެވެ. އެކަމަކު މިހާރު އެތަނުގައި ވަނީ "ދޫންޏަށް ކާންދިނުން މަނާ" ބޯޑެއް ޖަހައިފަ އެވެ.

އެކަމާއި ގުޅިގެން ބައެއް ފަރާތްތަކުން ދަނީ ހިތްހަމަ ނުޖެހުންވެސް ފާޅުކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް