މިފްކޯއިން ނިލަންދޫގައި އައިސްޕްލާންޓެއް ބަހައްޓައިފި

މިފްކޯއިން އިން ފ.ނިލަންދޫގައި އައިސްޕްލާންޓެއް ބަހައްޓައިފިއެވެ. މިފްކޯއިން ބުނީ މިދިޔަ ބުރާސްފަތި ދުވަހު ނިލަންދޫގައި ހުޅުވި އައިސްޕްލާންޓުން ދުވާލެއްގެ މައްޗަށް 25 ޓަނުގެ ފްލޭކް އައިސް އުފެއްދޭނެ ކ...

18 Apr 2015 | 06:20

މިފްކޯއިން އިން ފ.ނިލަންދޫގައި އައިސްޕްލާންޓެއް ބަހައްޓައިފިއެވެ.

މިފްކޯއިން ބުނީ މިދިޔަ ބުރާސްފަތި ދުވަހު ނިލަންދޫގައި ހުޅުވި އައިސްޕްލާންޓުން ދުވާލެއްގެ މައްޗަށް 25 ޓަނުގެ ފްލޭކް އައިސް އުފެއްދޭނެ ކަމަށެވެ. އެ ކުންފުނިން ބުނީ އެ ކުންފުނީގެ އަމާޒަކީ އެ އައިސްޕްލާންޓްގެ ސަބަބުން އެސަރަހައްދުގެ މަސްވެރިންނަށް ފަސޭހަކަމާއެކު އައިސް ލިބޭނެ މަގުފަހިވެގެން ދިއުން ކަމަށެވެ.

ނިލަންދޫގެ އިތުރުން މާދަމާ ގދ. ގައްދޫގައި އައިސްޕްލާންޓެއް ބަހައްޓާ ހިދުމަތްދޭން ފެށޭވަރު ވާނެކަށް މިފްކޯއިން ބުނެ އެވެ.

ރާއްޖޭގެ އުތުރާއި ދެކުނުގައި މިފްކޯއިން ހަދަން ފަށާފައިވާ އައިސްޕްލާންޓްތަކުގެ ތެރެއިން މިހާތަނަށް ގދ. ފަރެސްމާތޮޑާ ، ގދ. ފިޔޯރީ އައިސްޕްލާންޓްގެ އަމަލީ މަސައްކަތްތައް ނިންމާ މަސްވެރިންނަށް ވަނީ ހިދްމަތްދޭން ފަށާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް