ޑޮމެސްޓިކް ޓާމިނަލުން ކަރަންޓް ކެނޑުމުން އިންޓަނޭޝަނަލް ޓާމިނަލަށް އޮޕަރޭޝަންތައް ބަދަލު ކޮށްފި

އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ)ގެ ޑޮމެސްޓިކް ޓާމިނަލުން ރޭ ފަތިހު ކަރަންޓް ކެނޑި ހިދުމަތްތައް އިންޓަނޭޝަނަލް ޓާމިނަލަށް ބަދަލުކުރަންޖެހިއްޖެ އެވެ. ދުވަހަށް މައުލޫމާތުދެއްވަމ...

18 Apr 2015 | 05:50

އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ)ގެ ޑޮމެސްޓިކް ޓާމިނަލުން ރޭ ފަތިހު ކަރަންޓް ކެނޑި ހިދުމަތްތައް އިންޓަނޭޝަނަލް ޓާމިނަލަށް ބަދަލުކުރަންޖެހިއްޖެ އެވެ.

ދުވަހަށް މައުލޫމާތުދެއްވަމުން އެމްއޭސީއެލްގެ އޮފިޝަލަކު ވިދާޅުވީ ރޭ ފަތިހު 5:00 ފެށިގެން އައިއެންއައިއޭގެ ޑޮމެސްޓިކް ޓާމިނަލުން ކަރަންޓް ކެނޑުމަށްފަހު އަލުން ކަރަންޓް ލިބި އާންމު ހާލަތުގައި ހިދުމަތް ދޭން ފެށުނީ މިއަދު ހެނދުނު 10:35 ހާއިރު ކަމަށެވެ. އަދި ކަރަންޓް ކެނޑުމުން ވަގުތުން އޮޕަރޭޝަންތައް އިންޓަނޭޝަނަލް ޓާމިނަލަށް ބަދަލުކޮށްފައިވާ ކަމަށް އޭނާ ވިފާޅުވި އެވެ.

ކަރަންޓް ކެނޑުނީ ޑޮމެސްޓިކް ޓާމިނަލުގައި ކަރަންޓް ދިނުމަށް ބޭނުންކުރަމުން ދިޔަ ސަބްސްޓޭޝަނަކަށް ދިމާވި މައްސަލައަކުން ކަމަށާއި އެމައްސަލަ މިވަގުތަށް ހައްލުވެފައިވީ ނަމަވެސް އެއީ ދޭތެރެ ދޭތެރެއިން ދިމާވާ މައްސަލައެއް ކަމަށެވެ.

އޭނާ ވިދާޅުވީ ކަރަންޓް ކެނޑުނު ގަޑިއަކީ ފްލައިޓް ދަތުރުތައް ކުރާ ގަޑިއެއް ނޫން ކަމަށާއި ފްލައިޓްތައް ދަތުުރުކުރާނީ ހެނދުނު 6:00 ގެ ފަހުން ކަމަށްވަތީ ފްލައިޓްތަކުގެ ދަތުރު ތަކަށް އެއްވެސް ހުރަހެއް އެޅިފައިވާ ނުވަ ކަމަށެވެ.

ނަމަވެސް ކަރަންޓް ލިބުމާއި ހަމައަށް ފުރި ފްލައިޓްތަކުން ދަތުރުކުރި ފަސިންޖަރުންގެ ބޯޑިން ފާސް އަތުން ލިޔެފައި ދީފައިވާއިރު އެއާޕޯޓްސް ކޮންޕެނީން ބުނީ މީހުން ކިޔުގައި ޖެހިގެން ތިއްބަ ކުއްލިއަކަށް ދިމާވާ ކަމަކުން ވަގުތުން ވަގުތަށް މައްސަލަ ހައްލުކޮށް މީހުން ފުރުވާލުމުގެ ކަންކަން ކުރިއަށްގެންގޮސްފައިވާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް