އއ. ތޮއްޑޫގައި ބިދޭސީ އަންހެނަކު ރަހީނުކުރިކަމަށް ބުނާ މައްސަލައަކަށް ފުލުހުން އެޓެންޑު ވެއްޖެއެފެ.
މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނެފައިވަނީ މިއަދު މެންދުރު 2:00 ހާއިރު އއ. ތޮއްޑޫގައި ހުންނަ ގެސްޓް ހައުސްއެއްގައި މަސައްކަތްކުރާ ބިދޭސީ އަންހެނަކު ރަހީނުކުރި މައްސަލައެއް ފުލުހުންނަށް ރިޕޯޓު ކުރި ކަމަށެވެ.
"މި މައްސަލައިގާ ފުލުހުން ސީނަށް އެޓެންޑުވެ އިތުރަށް ބެލި ބެލުމުން އޭނާ ރަހީނު ކުރިކަމަށް ނުބެލެވުނު" ފުލުހުން ބުނެފައިވެއެވެ.
ފުލުހުން އިތުރަށް ބުނެފައިވަނީ މިއަދުގެ ވަގުތެއްގައި އޭނާގެ އެމްޕްލޯޔަރާއި މެދު ހިތްހަމަނުޖެހިގެން ޒުވާބެއް ހިންގާފައިވާކަމަށް ފުލުހުންނަށް މައުލޫމާތު ލިބުނު ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް