މަގުމަތިން މީހެއްގެ ފޯނެއް ފޭރުނު މައްސަލައެއްގައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ މުވައްޒަފަކު ހައްޔަރުކޮށްފިއެވެ.
މިފަދަ މައްސަލައެއްގައި ހައްޔަރުކޮށްފައިވަނީ ށ. ޅައިމަގު، ހަވީރީނާޒް، އުމުރުން 30 އަހަރުގެ އަލީ ވަޖީހެވެ.
ދުވަހަށް މައުލޫމާތުދެމުން ފުލުހުން ބުނެފައިވަނީ އާދީއްތަ ދުވަހުގެ ހެނދުނު 08:40 ހާއިރު މާލޭ، ސިއްކަގޯޅިއާއި ހިތައް ފިނިވާމަގު ގުޅޭ ކަންމަތީގައި ހުރި ބިދޭސީއެއްގެ އަތުން، ސައިކަލެއްގައި ދިޔަ ދެމީހަކު ފޯނު ފޭރުނު މައްސަލަ ހުށަހެޅުނު ކަމަށެވެ.
"މި މައްސަލައިގާ އެ ދުވަހުގެ 09:45 ހާއިރު އަލީ ވަޖީހް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވުނު" ފުލުހުން ބުނެފައިވެއެވެ.
އަލީ ވަޖީހުގެ ބަންދަށް ކޯޓުން 10 ދުވަހުގެ މުއްދަތެއް ދީފައިވާއިރު ބަންދު އަމުރުގައި، ސީނަށް ދިޔަ ފުލުހުން ތައްޔާރުކުރި ހާދިސާގެ ރިޕޯޓާ ހަވާލާދީ ބުނެފައިވަނީ ކުށަށް އިއުތިރާފު ވެފައިވާކަމަށާއި ކުށް ކުރެވުނު ކަމަށާއި އަދި އެކަމަށް މިހާރު ދެރަވާކަމަށާއި އެފަދަ ކަމެއް ދެން ނުކުރާނެ ކަމަށްވެސް ބުނެފައިވާކަމަށެވެ.
އިތުރަށް ބުނެފައިވަނީ އޭނާއަކީ އެމްޕީއެލްގެ ވަޒީފާއެއްގައި އުޅޭ މީހެއް ކަމަށާއި ކާޑުވެސް އޮތް ކަމަށް ބުނެފައިވާކަމަށެވެ. އަދި އަލީ ވަޖީހަކީ ހައްޔަރު / ބަންދު ލޮގު އޮތް ފަރާތެއް ކަންވެސް ފާހަގަކޮށްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް