މަމްސް އެއިޑްގެ "ބެކް ޓު ސްކޫލް" ކެމްޕޭނަށް ބީއެމްއެލް އިސްލާމިކުން 100،000 ރުފިޔާގެ އެހީ

ދިރާސީ އައު އަހަރު ފެށޭއިރު ސްކޫލަށް ތައްޔާރުވުމަށް ދަތިތަކާ ކުރިމަތިވެފައިވާ އާއިލާތަކަށް އަމާޒުކޮށް މަމްސް އެއިޑުން ކުރިއަށްގެންދާ "ބެކް ޓު ސްކޫލް" ކެމްޕޭނަށް ބޭންކް އޮފް މޯލްޑިވްސް އިސްލާމިކުން 100...

18 Mar 2025 | 09:20

ދިރާސީ އައު އަހަރު ފެށޭއިރު ސްކޫލަށް ތައްޔާރުވުމަށް ދަތިތަކާ ކުރިމަތިވެފައިވާ އާއިލާތަކަށް އަމާޒުކޮށް މަމްސް އެއިޑުން ކުރިއަށްގެންދާ "ބެކް ޓު ސްކޫލް" ކެމްޕޭނަށް ބޭންކް އޮފް މޯލްޑިވްސް އިސްލާމިކުން 100،000 ރުފިޔާގެ ފައިސާގެ އެހީ ހަދިޔާކޮށްފިއެވެ.

މަމްސް އެއިޑުންވަނީ މިކަމަށް ހާއްސަ ކެއާ ލިސްޓެއް އެކުލަވާލާފައެވެ.  މި އެހީގެ ދަށުން އެ ލިސްޓުގައި ހިމެނޭ 100 ދަރިވަރަކަށް އެހީތެރިކަން ފޯރުކޮށްދެވިގެންދާނެކަމުގައި ބޭންކް އޮފް މޯލްޑިވްސް އިން ބުނެއެވެ.

އިޖުތިމާއީ އެކި ކަންކަމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭންކް އޮފް މޯލްޑިވްސް އިން އަބަދުވެސް އިސްކަން ދެއެވެ. ވޭތުވެ ދިޔަ އަހަރުތަކުގެ ތެރޭގައި މަމްސް އެއިޑުން ހިންގި އެކި ހަރަކާތްތަކަށްވެސް އެހީތެރިކަން ފޯރުކޮށްދީފައިވާއިރު، މި ރަމަޟާން މަހު އަސާސީ ބޭނުންތައް ފުއްދުމަށް ދަތިވެފައިވާ އާއިލާތަލަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މަމްސް އެއިޑުން ހިންގި ކެމްޕޭނަށް ބޭންކުގެ މުވައްޒަފުންވަނީ އަމިއްލަ ގޮތުން އެހީތެރިވެދީފައެވެ.

ބީއެމްއެލް އިސްލާމިކް އިން އަންނަނީ ޚިދުމަތަށް 10 އަހަރު ފުރޭ މުނާސަބަތާ ގުޅިގެން މުޖުތަމައަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މިފަދަ ތަފާތު ހަރަކާތްތައް ހިންގަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް