މިފްކޯގެ ސީއީއޯ އަދި އެމްޑީ 14 ދުވަހަށް ސަސްޕެންޑް ކޮށްފި

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ)ގެ ޗީފް އެގްޒެކްޓިވް އޮފިސަރ އަދި މެނޭޖިންގ ޑިރެކްޓަރު އަލްފާޞިލް އަޙްމަދު ޝަމާޙު ރަޝީދު 14 ދުވަހުގެ މުއްދަތަށް ސަސްޕެންޑްކޮށްފިއެވެ. މިކ...

18 Mar 2024 | 10:31

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ)ގެ ޗީފް އެގްޒެކްޓިވް އޮފިސަރ އަދި މެނޭޖިންގ ޑިރެކްޓަރު އަލްފާޞިލް އަޙްމަދު ޝަމާޙު ރަޝީދު 14 ދުވަހުގެ މުއްދަތަށް ސަސްޕެންޑްކޮށްފިއެވެ.

މިކަމާއި ގުޅޭގޮތުން ޕްރައިވަޓައިޒޭޝަން އަދި ކޯޕަރަޓައިޒޭޝަން ބޯޑުން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ ޝަމާހުއާއި ގުޅޭގޮތުން ކޯޕަރޭޓް ގަވަނެންސްއާއި ގުޅުންހުރި މައްސަލަތަކެއް ޕީސީބީއަށް ހުށަހެޅި އެކަމުގެ ފުރިހަމަ އެންކުއަރީއެއް ހިންގުމަށްޓަކައި "ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ޑިރެކްޓަރުންގެ ސުލޫކީ މިންގަޑާއި، ޝަކުވާ ހުށަހެޅުމާއި އަދި ފިޔަވަޅު އެޅުމާބެހޭ އުސޫލު" ގެ 25 ވަނަ މާއްދާގެ (ށ)ގެ 1 ވަނަ ނަންބަރުގައިވާ ޙާލަތަށް ރިއާޔަތްކޮށް މިއަދުން ފެށިގެން 14 (ސާދަ) ދުވަހުގެ މުއްދަތަށް މަސްއޫލިއްޔަތުތަކުން ވަގުތީ ގޮތުން ވަނީ އެކަހެރިކުރެވިފައި ކަމަށެވެ.

އެނގިފައިވާގޮތުގައި ޝަމާހުއާއި ގުޅޭގޮތުން ގިނަ ޝަކުވާތަކެއް އަންނަނީ ބަލަމުންނެވެ. އެގޮތުން ހަމައެއް ލަމައެއް ނެތި ކުންފުންޏަށް ވަޒީފާއަށް މީހުން ނެގުމާއި މުސާރައިގެ އޮނިގަނޑަށް ބެލުމެއްނެތި އާއިލާއާއި ރަހުމަތްތެރިން ހިމެނޭހެން ވަޒީފާ ދިނުމާއި ރަސްމީ ބޭނުންތަކުގައި ނޫންގޮތަށް އާއިލާ މީހުން އޮފީހަށް ގެނައުމާއި ކުންފުނީގެ މާލީ ހާލަތަށް ނުބަލާ ރާއްޖެއިން ބޭރަށް ދަތުރުތައް ކުރުމާއި އަދި ދަތުރުތައް ކުރާއިރު ބިޒަންސް ކްލާސް ހިޔާރު ކުރުމުގެ އިތުރުން އެ ދަތުރުތަކުގައި މަސައްކަތާއި ނުގޅޭ މީހުން ގެންދިއުންވެސް ހިމެނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް