އެމްޕީއެލްއިން ފިޔަވައްޗަށް މަސްދަޅު ހަދިޔާކޮށްފި

ދައުލަތުގެ ފަރާތުން ބަލަހައްޓާ ކުޑަކުދިން ތިބޭ މަރުކަރު "ފިޔަވަތި" އަށް މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމް.ޕީ.އެލް) އިން މަސްދަޅު ކޭސްތަކެއް ހަދިޔާކޮށްފިއެވެ. އެމްޕީއެލްއިން މިއަދު ބުނެފައިވާގޮތުގައި އެ...

18 Mar 2024 | 09:48

ދައުލަތުގެ ފަރާތުން ބަލަހައްޓާ ކުޑަކުދިން ތިބޭ މަރުކަރު "ފިޔަވަތި" އަށް މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމް.ޕީ.އެލް) އިން މަސްދަޅު ކޭސްތަކެއް ހަދިޔާކޮށްފިއެވެ.

އެމްޕީއެލްއިން މިއަދު ބުނެފައިވާގޮތުގައި އެ ކުންފުނީގެ އިޖުތިމާޢީ ޒިންމާގެ ހަރަކާތްތަކުގެ ތެރެއިން ފިޔަވައްޗަށް ޖުމްލަ 35 ދަޅުމަސް ކޭސް ވަނީ ހަދިޔާކޮށްފައެވެ.

އެމް.ޕީ.އެލްގެ ފަރާތުން މަސްދަޅު ކޭސްތައް ރަސްމީކޮށް ހަވާލުކޮށްދެއްވުމަށް އެމް.ޕީ.އެލްގެ ޗީފް އޮފް ބިއުރޯ އައިޝަތު ޝިމްލާ އާއި ޖެނެރަލް މެނޭޖަރ އަޙްމަދު ސަލީމް އަދި ޖެނެރަލް މެނޭޖަރ އަލީ ޖައުފަރު ވަނީ މިއަދު ހެނދުނު ފިޔަވައްޗަށް ވަޑައިގަތް، އެ މަރުކަޒުގެ އިސް ފަރާތްތަކާ ބައްދަލުކުރައްވައިފައެވެ.

އެމް.ޕީ.އެލްގެ ސީ.އެސް.އާރްގެ ދަށުން މީގެ ކުރިންވެސް ފިޔަވައްޗަށް ވަނީ ތަފާތު އެހީތައް ފޯރުކޮށްދީފައެވެ. އަދި ކުރިއަށް އޮތް އެ މަރުކަޒަށް ބޭނުންވާ އެކި ކަންތައްތަކުގައި މި ކުންފުނީގެ އެއްބާރުލުމާއި އެހީތެރިކަން ލިބިގެންދާނެކަމުގައި އެމްޕީއެލްއިން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް