ރެސިޕީ: ލެމޮން ޕައި

ބޭނުންވާނެ ތަކެތި 1 ދަޅު ގެރިކިރު 3 ބިހުގެ ގޮބޮޅި 2 މޭޒުމަތީ ސަމުސާ ގާނާފަ ހުރި ލެމޮންގެ ތޮށި 2/1 ޖޯޑު ލެމޮން ޖޫސް 1 ޖޯޑު ވިޕިން ކުރީމް 3 މޭޒުމަތީ ސަމުސާ ހަކުރު ޕައި ފުށްގަނޑު ހެދުމަށް 12 މޭޒުމަތީ ސަމ...

18 Mar 2024 | 05:53

ބޭނުންވާނެ ތަކެތި

1 ދަޅު ގެރިކިރު

3 ބިހުގެ ގޮބޮޅި

2 މޭޒުމަތީ ސަމުސާ ގާނާފަ ހުރި ލެމޮންގެ ތޮށި

2/1 ޖޯޑު ލެމޮން ޖޫސް

1 ޖޯޑު ވިޕިން ކުރީމް

3 މޭޒުމަތީ ސަމުސާ ހަކުރު

ޕައި ފުށްގަނޑު ހެދުމަށް

12 މޭޒުމަތީ ސަމުސާ ބަޓަރު

3 ޖޯޑު ފުށް

1 މޭޒުމަތީ ސަމުސާ ލޮނު

1 މޭޒުމަތީ ސަމުސާ ހަކުރު

3/1 މާޖިރިން ނުވަތަ ވެޖެޓަބަލް ޝޯޓެނިން

6 މޭޒުމަތީ ސަމުސާ ފިނިކުރި ފެން

ހައްދަވާނެ ގޮތް

ޕައި ފުށްގަނޑު ހެއްދެވުމަށް ޕައި ފުށް ގަނޑަށް ބޭނުންވާ ތަކެތި އެއްކޮށްލުމަށްފަހު އައިސްއަލަމާރީގައި 30 މިނެޓް ވަންދެން ބާއްވަވާ. ޕައި ފުށްގަނޑު އައިސް އަލަމާރީން ނެގުމަށް ފަހު ބޭކިން ޓުރޭގައި ފަތުރާލައްވަވާ. ހުރިހާ ފަރާތެއްވެސް ރަނގަޅަށް ފޮރުވޭވަރަށް ފުށްގަނޑު އަޅާލަންވާނެ. ގެރިކިރު،ހަކުރު،ބިހުގެ ގޮބޮޅި،ގާނާފަ ހުރި ލެމޮން ތޮށި އަދި ލެމޮން ޖޫސް މެޝިނުގައި ގިރާލައްވާ. ރަނގަޅަށް ގިރާލެވުމުން ޕައި ޓުރޭގެ ތެރެއަށް އަޅުއްވާ 350 ޑިގްރީ ސެލްސިއަސް ގައި 15 މިނެޓް ވަން ފިހެލައްވާ. ފިހެވުމުން އަވަނުން ނަގާ، އައިސް އަލަމާރި އަށް ލެއްވުމުގެ ކުރިން ފިނިވަން ދެން ބޭރުގަ ބަހައްޓަވާ. ފިނިވުމުން އައިސްއަލަމާރިން ނެގުމަށް ފަހު ވިޕް ކުރިމް، ވިޕް ކޮއްލުމަށް ފަހު ޕައި މަތީ ފަތުރާލައްވާ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް