ގުރައިދޫ ދާއިރާގެ ކެންޕޭނަށް ޕީޕީއެމާއި އެމްއެންޕީގެ ޓީމެއް ގުރައިދޫ އަށް

ހުސްވެފައިވާ ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ބައިލެކްޝަނުގައި ވާދަކުރާ އިދިކޮޅު ޕީޕީއެމް އާއި އެމްއެންޕީން އެދާއިރާގެ ކެމްޕޭނަށް ގުރައިދޫއަށް މިއަދު ހިނގައްޖެއެވެ. އެގޮތުން ޕީޕީއެމް، ޕީއެންސ...

18 Mar 2023 | 16:22

ހުސްވެފައިވާ ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ބައިލެކްޝަނުގައި ވާދަކުރާ އިދިކޮޅު ޕީޕީއެމް އާއި އެމްއެންޕީން އެދާއިރާގެ ކެމްޕޭނަށް ގުރައިދޫއަށް މިއަދު ހިނގައްޖެއެވެ.

އެގޮތުން ޕީޕީއެމް، ޕީއެންސީގެ ލީޑަރޝިޕްގެ އިސް ބޭފުޅުންނާއިއެކު މިއަދު ގުރައިދޫއަށް ގޮސް ޕީޕީއެމުން ވަނީ އެދާއިރާގައި ކެމްޕެއިން ހަރަކާތްތައް ފަށާފައެވެ.

އަދި މިހަރަކާތުގައި ޕީޕީއެމްގެ ފަރާތުން އެ ދާއިރާއަށް ވާދަކުރައްވާ ކެނޑިޑޭޓް ހުސެއިން ރިޒާވެސް ބައިވެރިވެފައި ވެއެވެ.

ޕީޕީއެމްއިން ގުރައިދޫ ދާއިރާއަށް ކުރިމަތިލާ، ކެނޑިޑޭޓް، ޙުސައިން ރިޒާއަކީ އެ ދާއިރާގެ ކުރީގެ މެންބަރު އިބްރާޙިމް ރިޒާގެ ކޮއްކޮ އެވެ.

މީގެ އިތުރުން ގުރައިދޫ ދާއިރާގެ ބައި އިލެކްޝަނުގެ ކެމްޕޭނަށް މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)ގެ ޓީމެއްވެސް ވަނީ މިއަދު ގުރައިދޫ އަށް ގޮސްފައެވެ.

އެމްއެންޕީން ކެމްޕޭނަށް ގުރައިދޫއަށް ގޮސްފައި ވަނީ އެ ޕާޓީގެ ރައީސް މުހައްމަދު ނާޒިމް ހިމެނޭހެން އެ ޕާޓީގެ ލީޑަރޝިޕްގައި ބައެއް ބޭފުޅުންނާއެކު އެވެ.

އެމްއެންޕީގެ ޓިކެޓުގައި ގުރައިދޫ ދާއިރާއަށް ވާދަކުރައްވަނީ ގުރައިދޫ ފިޔާތޮށިގެ އަލީ އާރިފްއެވެ. މިކެންޕޭނުގައި އޭނާ ވާދަކުރައްވަނީ ފުދުންތެރި ދާއިރާއަކަށް މި ޝިއާރުގެ ދަށުންނެވެ. ފާއިތުވި ހަފްތާ ބަންދުގައިވެސް އެމްއެންޕީން ވަނީ ދާއިރާގެ ތިން ރަށަށް ދަތުރުކޮށް އަލީ އަރީފަށް ތާއީދު ހޯދުމުގެ މަސައްކަތް ކޮށްފައެވެ.

ގުރައިދޫ ދާއިރާގެ ބައި އިލެކްޝަނުގައި ވާދަކުރަނީ ތިން ޕާޓީ އަކުންނެވެ. އެއީ އިދިކޮޅު ޕީޕީއެމްއާއި، ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީގެ އިތުރުން އެމްއެންޕީންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް