މުދަލުގެ އަގު ބޮޑުވުމާއި ފައިސާގެ ދަތިކަމުގެ ތެރޭގައި ޕާކިސްތާނުގެ ފިނޭންސް މިނިސްޓަރު އިސްހާގު ދާރު ވަނީ ނިއުކްލިއާ އަދި މިސައިލް ޕްރޮގްރާމްތަކާ މެދު "ކޮމްޕްރޮމައިޒް" ނުވާނެ ކަމަށް ވިދާޅުވެފަ އެވެ.
ބުރާސްފަތި ދުވަހު ސެނެޓްގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ދާރު ވިދާޅުވީ ޕާކިސްތާނުގެ ނިއުކްލިއާ ނުވަތަ މިސައިލް ޕްރޮގްރާމްގައި އެއްވެސް މީހަކު އެއްވެސް ކަމެއް ކޮމްޕްރޮމައިޒް ނުކުރާނެ ކަމަށެވެ
ސެނެޓުގައި ޕާކިސްތާން ޕީޕަލްސް ޕާޓީގެ ސެނެޓަރު ރަޒާ ރައްބާނީ ވަނީ ބެލެންސް އޮފް ޕޭމަންޓްސް ކްރައިސިސް ތަހައްމަލު ކުރުމަށް މުހިންމު ލައިފްލައިނެއް ލިބޭނެ އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އާއެކު އެއްބަސްވުން ލަސްވި ސަބަބުތަކާ މެދު ސުވާލު އުފައްދާފަ އެވެ.
ސެނެޓަރަށް ޖަވާބު ދެއްވަމުން ފިނޭންސް މިނިސްޓަރު ވިދާޅުވީ ޕާކިސްތާނުގެ ނިއުކްލިއާ ޕްރޮގްރާމާ މެދު އެއްވެސް ކޮމްޕްރޮމައިޒް ވުމެއް ނޯންނާނެ ކަމަށާއި އަދި ސްޓާފް ލެވެލް އެގްރީމަންޓާއި އީއެފްއެފްޕީ (އެކްސްޓެންޑް ފަންޑް ފެސިލިޓީ ޕްރޮގްރާމް) ފައިނަލްވުމާއެކު ފިނޭންސް މިނިސްޓްރީގެ ވެބްސައިޓުގައި އޭގެ ތަފްސީލް ހިއްސާކުރާނެ ކަމަށް ވައުފުވެފައެވެ. އަދި ޕާކިސްތާނުގެ މިސައިލްތަކުގެ ރޭންޖެއް އަދި ނިއުކްލިއާ ހަތިޔާރު ހުންނަންޖެހޭ މިންގަނޑުތަކާއި އެހެނިހެން ތަފްސީލްތަކާއި މެދު އެއްޗެއް ބުނުމުގެ ހައްގު އެހެން ފަރާތްތަކަށް ލިބިގެން ނުވާނެކަމަށެވެ.
މި މަސައްކަތުގައި އަންނަ ލަސްވުމާ ގުޅޭ ގޮތުން އުފެދުނު ސުވާލުތަކަށް ޖަވާބު ދެއްވަމުން ދާރު ވިދާޅުވީ ލަސްވަނީ ސަރުކާރުގެ ފަރާތުން ނޫން ކަމަށެވެ. ނުސީދާ ގޮތެއްގައި 2019 ވަނަ އަހަރު އެއްބަސްވުމުގައި ސޮއިކުރި ޕީޓީއައިގެ ސަރުކާރަށް ތުހުމަތު ކުރައްވައި އޭނާ ވިދާޅުވީ ހީވަނީ އައިއެމްއެފްއާ އެކު 2019 ވަނަ އަހަރުގެ އިންތިޒާމުތަކަކީ ތަފާތު އަދި ޕްރޮގްރާމެއް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް