އިންޑިއާގެ 'ނެއިބަރހުޑް ފަސްޓް' ސިޔާސަތުގެ ދަށުން އަބަދުވެސް އަންނަނީ ދަރަނިވެރި ސްރީ ލަންކާއަށް އެހީތެރިވުމުންނެވެ. މިގޮތުން އެންމެ ފަހުން ކޮލޮންބޯގައި ހުންނަ އިންޑިއާ ހައިކޮމިޝަނުން ވަނީ ކަލްމުނާއީގައި ކާޑުގެ ބާވަތްތައް ބަހާފައެވެ.
ޖަޒީރާ ސްރީ ލަންކާއިން މާލީ ދަތިތަކާއި ކުރިމަތި ލަމުންދަނީ ކޯވިޑް-19 ގެ ސަބަބުން އެޤައުމުގެ ފަތުރުވެރިކަމަށް އަސަރުކުރުމާއި، އެހެން ޤައުމުތަކުގައި މަސައްކަތް ކުރާ ސްރީ ލަންކާ ރައްޔިތުން ފައިސާ ނުވަތަ ރެމިޓަންސް ފޮނުވާ މިންވަރު ދައްވުމުގެ ސަބަބުންނެވެ. މީގެއިތުރުން ޔޫކްރޭންގެ ހަނގުރާމައިގެ ސަބަބުން މި ދަތިކަން ބޮޑުވީ އިންފްލޭޝަން ބޮޑުވުމުން އިމްޕޯޓްގެ އަގުތައް، ޚާއްސަކޮށް ތެލުގެ އަގުތައް ވަރަށް ބޮޑަށް މައްޗަށް ގޮސްގެންނެވެ. އަދި މި ހާލަތުގައި އިންޑިޔާއިން ވަނީ ސްރީ ލަންކާއަށް އެހީތެރިވުމުގައި ގިނަ މަސައްކަތް ތަކެއް ކުރަން ފަށާފައެވެ.
މިކަންތައްތައް ކުރިއަށް ދަނިކޮށް، ސްރީ ލަންކާގެ ފޮރިން މިނިސްޓަރު އަލީ ސަބްރީ ވަނީ އިންޑިއާގައި އޮތް ރައިސީނާ ޑައިލޮގްގައި ބައިވެރިވުމަށް ނިއު ދެއްލީއަށް ޒިޔާރަތްކޮށްފައެވެ. ރައިސިނާ ޑައިލޮގުގައި 'އައިޑިއާސް ޕޮޑް' ގައި ވާހަކަ ދައްކަވަމުން ސަބްރީ ވިދާޅުވީ އިންޑިއާއިން ސްރީ ލަންކާއަށް އެހެން ޤައުމުތަކަށްވުރެ ބޮޑަށް އެހީތެރިވަމުންދާކަމަށެވެ.
އިންޑިއާ ސަރުކާރުން ގައުމުގެ އިގްތިސާދީ ދަތިކަމުން ސަލާމަތްވުމަށް އެހީތެރިވުމަށް ކެރިގެން ނިންމުންތައް ދަނީ ނިންމަމުންނެވެ. އަދި އިންޑިއާގެ އާންމުން ވެސް ސްރީ ލަންކާއަށް ތާއީދު ކުރަން ކުރިއަށް ދިޔަ ކަމަށް އެގައުމުގެ ފޮރިން މިނިސްޓަރު ޕޮޑްކާސްޓުގައި ބުނެފައިވެ އެވެ. އަދި އިންޑިއާއިން ސްރީ ކަންކާ 3.9 ބިލިއަން ޑޮލަރުގެ ބައިލެޓަރަލް ކްރެޑިޓާއި އެކްރެޑިޓޭޝަން ފޯރުކޮށްދީފައިވާކަން ފޮރިން މިނިސްޓަރު ފާހަގަކުރެއްވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް