މޯލްޑިވްސް މެރިން އެކްސްޕޯ: އެލައިޑްގެ ސްޓޯލުން ހިދުމަތް ހޯއްދަވައިގެން 3000 ރުފިޔާގެ ޑިސްކައުންޓް ލިބުމުގެ ފުރުސަތު

ހުޅުމާލޭ ސެންޓްރަލް ޕާކުގައި މިހާރު ކުރިއަށްދާ "މޯލްޑިވްސް މެރިން އެކްސްޕޯ 2023" ގެ އެލައިޑް އިންސުއަރަންސް ސްޓޯލުން ހިދުމަތް ހޯއްދަވައިގެން 3000 ރުފިޔާގެ ޑިސްކައުންޓް ލިބިގެންދާނެކަމުގައި އެލައިޑުން ...

18 Mar 2023 | 08:42

ހުޅުމާލޭ ސެންޓްރަލް ޕާކުގައި މިހާރު ކުރިއަށްދާ "މޯލްޑިވްސް މެރިން އެކްސްޕޯ 2023" ގެ އެލައިޑް އިންސުއަރަންސް ސްޓޯލުން ހިދުމަތް ހޯއްދަވައިގެން 3000 ރުފިޔާގެ ޑިސްކައުންޓް ލިބިގެންދާނެކަމުގައި އެލައިޑުން ބުނެފިއެވެ.

ރާއްޖޭގެ ލީޑިން އިންސުއަރަންސް ސާވިސް، އެލައިޑްގެ ސްޓޯލަކީ މޯލްޑިވްސް މެރިން އެކްސްޕޯގެ "S-15" ވަނަ ސްޓޯލެވެ. މި ސްޓޯލުން ބޯޓް ބިލްޑިންގް އަދި މެރިން ހަލް އިންސުއަރަންސް ބައްލަވައިގަނެވޭނެއެވެ. ސްޓޯލްގައި ހާއްސަ އަގުތަކެއްގައި މި ދެ ޕެކޭޖުވެސް ބައްލަވައިގެނެވޭނެ އިންތިޒާމު ހަމަޖެހިފައިވާއިރު ސްޓޯލަށް ޒިޔާރަތްކޮށް ހިދުމަތް ބައްލަވައިގަންނަވާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ކޮންމެވެސް ހަތަރު ފަރާތަކަށް 3000 ރުފިޔާގެ ޑިސްކައުންޓް ލިބިގެންދާނެކަން އެލައިޑުން ފާހަގަކުރެއެވެ.

މޯލްޑިވްސް މެރިން އެކްސްޕޯގެ އޮފިޝަލް އިންސުއަރަންސް ޕާޓްނަރަކީވެސް އެލައިޑް އިންސުއަރަންސް އެވެ.

އެލައިޑުން ފާހަގަކުރާގޮތުގައި ރާއްޖޭގައި ދަތުރުފަތުރާއި ކާގޯ އުފުލުމުގެ ކަންކަމުގައި އެންމެ ބޮޑަށް ބޭނުންކުރަމުން އަންނަނީ ކަނޑުމަގުކަމުގައިވާއިރު ކަނޑުމަގުގެ އުޅަނދުތަކަށް ނުވަތަ މުދަލަށް ގެއްލުމެއް ލިބިއްޖެނަމަ މާލީ ގޮތުން ބޮޑު ގެއްލުމަކާއި ކުރިމަތިލާންޖެހުމުގެ ބިރު އޮންނާނެއެވެ. އެހެންކަމުން އުޅަނދު ބަންނަމުންދާއިރު ބޯޓް ބިލްޑިންގް އިންސުއަރަންސް އަދި އުޅަނދުގެ ހިދުމަށް ފެށުމަށްފަހު ހަލް އިންސުއަރަންސް ހިޔާރު ކުރުމަކީ އެންމެ ރައްކާތެރިގޮތްކަމުގައިވެސް އެލައިޑުން ދެކެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް