ހިއުމަން ޓްރެފިކިން މައްސަލައަކާ ގުޅިގެން މީހަކު ހައްޔަރުކޮށްފި

ހިއުމަން ޓްރެފިކިން މައްސަލައަކާ ގުޅިގެން މީހަކު ހައްޔަރުކޮށްފި އެވެ. އެގޮތުން މީހުން ޓްރެފިކް ކުރަން އުޅުނު މައްސަލާގައި ހައްޔަރުކުރީ ވެންކަޓަރަމަނާ ޕައްލާ ނަމަކަށް ކިޔާ 20 އަހަރުގެ އިންޑިއާ އަށް ނިސ...

18 Mar 2023 | 08:08

ހިއުމަން ޓްރެފިކިން މައްސަލައަކާ ގުޅިގެން މީހަކު ހައްޔަރުކޮށްފި އެވެ.

އެގޮތުން މީހުން ޓްރެފިކް ކުރަން އުޅުނު މައްސަލާގައި ހައްޔަރުކުރީ ވެންކަޓަރަމަނާ ޕައްލާ ނަމަކަށް ކިޔާ 20 އަހަރުގެ އިންޑިއާ އަށް ނިސްބަތްވާ ފިރިހެނެކެވެ.

ހެންވޭރުގެ ގެސްޓުހައުސް އެއްގައި ދިރިއުޅެމުން އައި ވެންކަޓަރަމަނާ ހައްޔަރު ކޮށްފައި ވަނީ އިއްޔެ އެވެ.

އަދި އޭނާގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރު ކުރުމުން ވަނީ 15 ދުވަސް ޖަހައިދީފަ އެވެ.

ވެންކަޓަރަމަނާ ބަންދު ކުރަން ނިންމައި ކްރިމިނަލް ކޯޓުން ނެރުނު އަމުރުގައިވާ ގޮތުން އޭނާ އަކީ އޭނާގެ ސްޕޮންސަރަށް ފިލައިގެން އުޅޭ ކަމަށް ރިޕޯޓް ކޮށްފައިވާ ފަރާތެއް ކަމަށް ތުހުމަތުކުރެވޭ ކަމަށެވެ.

ހަމައެހެންމެ ގިނަ ބަޔަކު ޝާމިލުވެގެން އިންތިޒާމް ވެގެން ރާއްޖެ އާއި ރާއްޖެ އިން ބޭރުގައި ކުށުގެ އަމަލުތައް ހިމެނޭ ގޮތަށް ހިންގަމުންދާ ކުށެއް ކަމަށް ބެލެވޭ ކަމަށާއި އެކަމުގެ ސަބަބުން ގިނަ ބަޔަކު ވިކްޓިމައިޒް ވެފައިވާ ކަމަށް ވެސް ބެލެވޭ ކަމަށް ކޯޓު އަމުރުގައި ބުނެފައި ވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް