އެމްޓީސީސީން ރާއްޖެއަށް 1400 ހޯސް ޕަވަރުގެ ޔަންމާ އިންޖީނެއް ތައާރަފުކޮށްފި އެވެ.
އެމްޓީސީސީން ބުނީ އެ އިންޖީން ލޯންޗު ކުރީ މިދިޔަ ބުދަ ދުވަހު ހުޅުމާލެ ސެންޓްރަލް ޕާކުގައި ފެށި މޯލްޑިވްސް މެރީން އެކްސްޕޯގައި ރޭގެ ވަގުތެއްގައި ކަމަށެވެ.
އެމްޓީސީސީން ތައާރަފުކުރި 1400 ހޯސް ޕަވަރުގެ ޔަންމާ އިންޖީނަކީ ތެލުގެ ޚަރަދު ކުޑަ، ގިނަ ދުވަހު ގެންގުޅެވޭނެ ފަދަ އިންޖީނެއް ކަމަށް އެ ކުންފުނިން ހާމަކުރެ އެވެ.
އެމްޓީސީސީން ބުނީ އެ އިންޖީނުގެ އިތުރުން އެ ކުންފުނިން ވަނީ ރެކްރިއޭޝަނަލް މަސްވެރިކަމަށް ޚާއްސަ ޔަންމާ ބޯޓެއް ވެސް ރޭގެ އިވެންޓުގައި ތައާރަފު ކޮށްފައި ކަމަށެވެ.
އެމްޓީސީސީން ބުނީ މި ބޯޓަކީ "އޮފް ޝޯ ޑީޕް ވޯޓާ ފިޝިން" އަށް ޝައުގުވެރިކަން ހުންނަ ފަރާތްތަކަށް ޚާއްސަ، ޖަޕާނު މޮޑެލުގެ ބޯޓެއް ކަމަށެވެ.
މޯލްޑިވްސް މެރިން އެކްސްޕޯއަކީ 2014 ވަނަ އަހަރުން ފެށިގެން މޯލްޑިވްސް ބޯޓިންގް އެސޯސިއޭޝަންއިން މެރިން ދާއިރާގެ ވިޔަފާރީގައި ހަރަކާތްތެރިވާ ފަރާތްތަކަށް ހާއްސަކޮށްގެން ބާއްވަމުން ގެންދާ އެކްސްޕޯއެކެވެ.
އެމްޓީސީސީން މި އެކްސްޕޯގައި ބައިވެރިވަމުން އަންނަ މައިގަނޑު މަޤްސަދަކީ އެމްޓީސީސީން ވިއްކާ މެރިން ދާއިރާއާއި ގުޅުންހުރި މުދަލާއި ފޯރުކޮށްދޭ ހިދުމަތްތަކުގެ މައުލޫމާތު މި ދާއިރާގެ ވީހާވެސް ގިނަ ބައިވެރުންނަށް ހިއްސާކޮށް މި ދާއިރާއިން އެމްޓީސީސީން ހޯދާފައިވާ އިތުބާރު ދެމެހެއްޓުން ކަމަށް އެ ކުންފުނިން ހާމަކޮށްފައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް