އދ. ދިއްދޫ ކައުންސިލްގެ ރައީސް ހޮވުމަށް ބާއްވާ ބައި އިލެކްޝަން ވޯޓު ފެށިގެން ކުރިއަށް

ހުސްވެފައިވާ އދ. ދިއްދޫ ކައުންސިލްގެ ރައީސްގެ މަޤާމަށް ބޭފުޅަކު އިންތިހާބު ކުރަން ވޯޓުލާން ފަށައިފި އެވެ. އިލެކްޝަންސް ކޮމިޝަން (އީސީ)ން ބުނީ  މި އިންތިހާބުގެ ވޯޓުލުން ކުރިއަށްދާނީ މިއަދު ހެނދުނު 8:00...

18 Mar 2023 | 06:31

ހުސްވެފައިވާ އދ. ދިއްދޫ ކައުންސިލްގެ ރައީސްގެ މަޤާމަށް ބޭފުޅަކު އިންތިހާބު ކުރަން ވޯޓުލާން ފަށައިފި އެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ)ން ބުނީ  މި އިންތިހާބުގެ ވޯޓުލުން ކުރިއަށްދާނީ މިއަދު ހެނދުނު 8:00 އިން ހަވީރު 4:00 އަށް ކަމަށެވެ.

އަދި ދިއްދޫ ރައްޔިތުން ވޯޓުލުމަށް އީސީން ވަނީ ދިއްދޫއާއި މާލޭގައި ވޯޓު ފޮށި ބަހައްޓާފައި ކަމަށް އެ ކޮމިޝަނުން ހާމަކުރެއެވެ.

އދ. ދިއްދޫ ކައުންސިލްގެ ރައީސްގެ މަޤާމު ހުސްވީ އެ ކައުންސިލް ރައީސް ކަމުގައި ހުންނެވި ބޭފުޅާ އިސްތިއުފާ ދެއްވުމުންނެވެ. ދިއްދޫ ކައުންސިލްގެ ރައީސް ހޮވުމުގެ މަސައްކަތް ކުރިއަށް ދާއިރު އެ ކައުންސިލްގެ މެންބަރަކު އިސްތިއުފާ ދީފައި ވާތީ ކައުންސިލް މެންބަރެއް ހޮވުމަށްވެސް އީސީން ދަނީ އިންތިޒާމުތައް ހަމަޖައްސަމުންނެވެ.

ބައި-އިލެކްޝަނަށް ކުރިމަތިލާފައިވަނީ ދެ ކެނޑިޑޭޓެކެވެ. އެއީ ކެނޑިޑޭޓު ނަންބަރު އެކެއް، ޢައްސާން އަބްދުﷲ އަދި ކެނޑިޑޭޓު ނަންބަރު ދޭއް، އަހުމަދު ޒާލިފްއެވެ. މި ދެ ކެނޑިޑޭޓުންނަކީވެސް އަމިއްލަގޮތުން ވާދަކުރާ ދެ ކެނޑިޑޭޓުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް