މައުމޫންގެ އެމްއާރުއެމް ހިމެނޭހެން ހަތަރު ސިޔާސީ ޕާޓީއެއް އުވާލަން ނޯޓިސް ދެނީ

ތިން ހާސް މެންްބަރުން ހަމަނުވާ ހަތަރު ސިޔާސީ ޕާޓީއަކަށް ނޯޓިސް ދިނުމަށް އިލެކްޝަންސް ކޮމިޝަން(އީސީ) އިން ނިންމައިފިއެވެ. އީސީގެ ނާއިބު ރައީސް އިސްމާއިލް ހަބީބު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސި...

18 Mar 2022 | 12:40

ތިން ހާސް މެންްބަރުން ހަމަނުވާ ހަތަރު ސިޔާސީ ޕާޓީއަކަށް ނޯޓިސް ދިނުމަށް އިލެކްޝަންސް ކޮމިޝަން(އީސީ) އިން ނިންމައިފިއެވެ.

އީސީގެ ނާއިބު ރައީސް އިސްމާއިލް ހަބީބު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ނިމުމާއި ގުޅިގެން ގާނޫނާ އެއްގޮތަށް 3،000 މެމްބަރުން ހަމަނުވާ 4 ޕާޓީއަކަށް ޤާނޫނުގައިވާ ގޮތުގެމަތިން، 3 މަސްދުވަހުގެ ނޯޓިސް ދޭން އީސީންް ނިންމައިފި ކަމަށެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބަޔާންވެގެންވާ ގޮތުން ސިޔާސީ ޕާޓީއެއްގައި މަދުވެގެން 3،000 މެމްބަރުން ހަމަވާންޖެހޭނެއެވެ. އަދި އެ ޢަދަދަށް މެންބަރުން ހަމަނުވާނަމަ މެންބަރުން ހަމަކުރުމަށް ތިން މަސްދުވަހުގެ މުހުލަތެއް ދޭންޖެހެއެވެ. އެ މުއްދަތުގެ ތެރޭގައި މެމްބަރުން ހަމަނުކުރާނަމަ އެ ޕާޓީއެއް އުވިގެންދާނެ ކަމަށް ޤާނޫނުގައި ބުނެފައި ވެއެވެ.

ރާއްޖޭގައި މިވަގުތު 11 ސިޔާސީ ޕާޓީއެއް ރަޖިސްޓްރީކޮށްފައި ވާއިރު، އޭގެތެރެއިން 3000 މެންބަރުން ހަމަނުވާ ޕާޓީތަކަކީ ރައީސް މައުމޫންގެ އެމްއާރުއެމާއި އެމްއެލްއެސްޑީޕީ އާއި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު އިސްވެ ހިންގަވާ ޑީއާރުޕީއާއި ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބު އިސްކޮށް ހުންނަވައިގެން އުފެއްދެވި ޕާޓީ އެމްޓީޑީ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް