ދެކުނު ސޫދާނުގައި ޒުވާން އަންހެނެއްގެ ގާތު ކައިވެންޏަށް އެހުމުގެ ގޮތުން 300 ގެރިޔާއި 200 ފިރިހެން ގެރި (ބުލް) ހުށަހަޅައިފިއެވެ.
މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި މިފަދަ ސަގާފަތެއް އޮންނަ ދެކުނު ސޫދާނުގައި މި އަދަދަކީ ރެކޯޑް އަދަދެކެވެ. މިހާގިނަ ގެރިޔާއި މީގޮނު މީގެ ކުރިޔަކުން ހުށަހަޅާފައެއް ނުވެއެވެ.
މި ހުށަހެޅުން ހުށަހަޅާފައިވަނީ އަޝުލް ވާލް ނަމަކަށްކިޔާ ޒުވާން އަންހެނަކަށެވެ.
ދެކުނު ސޫދާނުގައި ކައިވެންޏަށް އެދޭއިރު މިފަދަ ހުށަހެޅުންތައް ހުށަހަޅައެވެ. އެ ހުށަހެޅުން އަންހެން މީހާ ގަބޫލުކުރާ ހިސާބުން ކައިވެނީގެ ތައްޔާރީތައް ފަށައިގެން ކުރިއަށް ގެންދެއެވެ.
މީ ރާއްޖޭގައި ނަމަ ރަންކިޔުން ކަހަލަ ކަމެކެވެ. ރާއްޖޭގައި ރަންކިޔުމުގެ ފުރުސަތު އަންހެން މީހާއަށް ލިބޭއިރު ސޫދާނުގައި މިކަންކުރަނީ އަންހެން މީހާ ރުހޭނެހެން ހީވާ ހަދިޔާއެއް ހުށަހަޅަނީއެވެ. އާންމުގޮތެއްގައި ހުށަހަޅަނީ ގެރިއާއި މީގޮނާއި ކާރުފަދަ ތަކެއްޗެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް