ބާރު ސްޕީޑްގައި ދުއްވި ކާރެއް ކޮންޓްރޯލުން ނެއްޓި  ނުރައްކާތެރި އެކްސިޑެންޓެއް

އައްޑޫ ސިޓީގައި ބާރު ސްޕީޑްގައި ދުއްވާފައިދިޔަ ކާރެއް ކޮންޓްރޯލުން ނެއްޓި ރުކެއްގައިޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ. މަންޒަރު ދުށް ބައެއް ފަރާތްތަކާއި ހަވާލާދީ ވަގުތު ނޫހުގައި ރިޕޯޓްކޮށ...

18 Mar 2022 | 10:23

އައްޑޫ ސިޓީގައި ބާރު ސްޕީޑްގައި ދުއްވާފައިދިޔަ ކާރެއް ކޮންޓްރޯލުން ނެއްޓި ރުކެއްގައިޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.

މަންޒަރު ދުށް ބައެއް ފަރާތްތަކާއި ހަވާލާދީ ވަގުތު ނޫހުގައި ރިޕޯޓްކޮށްފއަިވާގޮތުގައި މި އެކްސިޑެންޓް ހިނގާފައިވަނީ ބާރު ސްޕީޑްގައި ހިތަދޫން ގަމާއި ވީ ފަޅިއަށް ދުއްވާފައިދިޔަ ކާރެއް ކޮންޓްރޯލުން ނެއްޓި ރުކެއްގައި ޖެހިގެންނެވެ.

މި އެކްސިޑެންޓް ހިނގާފައިވަނީ އައްޑޫ ލިންކު ރޯޑުގައި ހުންނަ "ކުނިގޮނޑު" ސަރަހައްދުގައެވެ.

ވަގުތުގައި ރިޕޯޓްކޮށްފައިވާގޮތުގައި އެކްސިޑެންޓް ވި އިރު އެ ކާރުގައި ދެމީހަކު ތިއްބެވެ. އެއީ އއަންހެނަކާއި ފިރިހެނަކު ކަމަށާއި އަންހެން މީހާގެ އަނގައިން ލޭ ފޭބި މަންޒަރު ފެނުނު ކަމަށާއި އަދި މިހާރު ދެމީހުންވެސް ހޮސްޕިޓަލަށް ގެންގޮސްފައިވާކަމަށް މަންޒަރު ދުށް މީހަކާ ހަވާލާދީ ވަގުތުގައި ރިޕޯޓްކޮށްފައިވެއެވެ.

ފޮޓޯތަކުން ފެންނަގޮތުގައި މި އެކްސިޑެންޓްގައި ކާރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް