ނިމިދިޔަ 2021 ވަނަ އަހަރު އީރާނުގައި 280 މީހެއްގެ މައްޗަށް މަރުގެ ހުކުމް ތަންފީޒުކޮށް މަރައިލިކަމަށް އދ އިން ބުނެފިއެވެ.
މިކަން ހާމަކޮށްފައިވަނީ އިރާނަށް ކަނޑައަޅާފައި ހުންނަ އދ ގެ ހާއްސަ ރެޕެޓުއާ، ޖާވިދް ރެހްމާންގެ ރިޕޯޓްގައެވެ.
އދގެ ހިއުމަން ރައިޓްސް ކައުންސިލަށް ހުށަހަޅާފައިވާ އެ ރިޕޯޓްގައި ބުނެފައިވަނީ އިރާނުގެ ނާކޮޓިކްސް ގާނޫނުގެ ދަށުން ހުކުމް ިއިއްވައި މެރި އަދަދު އިތުރުވެފައިވާކަމަށެވެ.
"2021 ވަނަ އަހަރު 280 މީހަކު މަރާފައިވޭ، އޭގެ ތެރޭގައި 10 އަންހެނަކުވެސް ހިމެނޭ" ޖާވިދުގެ ރިޕޯޓްގައި ހިމަނާފައިވެއެވެ.
އެ ރިޕޯޓްގައި އިތުރަށް ބުނެފައިވަނީ މަރަން ހުކުމް އިއްވައި، މަރާފައިވާ މީހުންގެ ތެރޭގައި 18 އަހަރު ނުފުރޭ ތިން ކުއްޖަކުވެސް ހިމެނޭ ކަމަށެވެ.
އެ ރިޕޯޓްގައި އިތުރަށް ފާހަގަކޮށްފައިވާ ކަންކަމަށް ބަލާއިރު މަރައިލި 280 މީހުންގެ ތެރެއިން 80 މީހެއްގެ މައްޗަށް މަރުގެ ހުކުމް އިއްވާފައިވަނީ މަސްތުވާތަކެތީގެ މައްސަލަތަކުގައެވެ.
މަރުގެ ހުކުމް އިއްވައި އެ ހުކުމް ތަންފީޒުކުރަމުން އަންނަނީ މުސްލިމް، މަދު ގައުމެއްގައެވެ. އެ ގައުމުތަކުގެ ތެރޭގައި އިރާނާއި ސައޫދީ އަރަބިއްޔާ ހިމެނެއެވެ.
އިރާނުގައި މަރުގެ ހުކުމް ތަންފީޒުކުރަމުން އަންނަނީ ދަން ޖައްސައިގެންނެވެ. ސައުދީގައި މަރުގެ ހުކުމް ތަންފީޒުކުރަމުން އަންނަނީ ކަތިލައިގެންނާއި ބަޑިޖަހައިގެންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް